މަސްވެރިކަމާއި ގުޅޭ

ކުޅުދުއްފުށި ސިޓީ:  ފޮޓޯ/ ޕީއެސްއެމް
ކުޅުދުއްފުށި ސިޓީ: ފޮޓޯ/ ޕީއެސްއެމް

ކުޅުދުއްފުށީގައި އަންހެނުންގެ މަސްރޭހެއް ރާވާ ހިންގާނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީގައި އަންހެނުންގެ މަސްރޭހެއް ރާވާ ހިންގާނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނު ކޮށްފިއެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކުރާ "ކަނބަލުންގެ މަސް ރޭސް 2023" ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެހެންކަމުން މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމުގެ މަޢުލޫމާތު ސާފު ކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އެދިފައެވެ.

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި، މިއަދުން ފެށިގެނ އެއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް އެ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

"ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަށް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެވެ." އެ އިއުލާނުގައި ވެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527177 ނުވަތަ 6527166 އަށް ގުޅުމަށް އެ ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!