މަސްވެރިކަމާއި ގުޅޭ

be2aސ

ޗައިނާގެ ރެސްޓޯރެންޓެއްގައި ކާން ގެނައި ބޯވައިގެ ތެރޭގައި ބްލޫރިންގްޑް އޮކްޓޮޕަސްއެއް! ފުރާނަ ސަލާމަތްވީ ކިރިޔާ!

ޗައިނާގެ ރެސްޓޯރެންޓެއްގައި ކާން ގެނެސްފައިހުރި ބޯވަތަކުގެ ތެރޭގައި ވިހަގަދަ ބޯވައެއްް އޮތްކަން އެނގި ފުރާނަ ސަލާމަތްވެއްޖެއެވެ.

ޗައިނާގެ ގުއާންގޑޯންގްގެ ރެސްޓޯރެންޓެއްގައި ހޮޓް ޕޮޓްއެއްގައި ކެއުމަށް ގެނެސްފައިހުރި ބޯވަތަކުގެ ތެރޭގައި ތަފާތު ބޯވައެއް އޮވެގެން އެ ބޯވަ އަކީ ބުލޫރިންގްޑް އޮކްޓޮޕަސް އެއްތޯ ޔަޤީންކުރުމަށް ޗައިނާގެ މަޝްރޫޢު މީޑިއާ ޕްލެޓްފޯމް ވެއިބޯގައި މީހަކުވަނީ ސުވާލުކޮށްފައެވެ. އަދި އޭނާގެ ސުވާލަށް ސައިންސް އެޑިއުކޭޝަން ޗެނަލަކުންވަނީ އަވަސް ޖަވާބެއް ދީފައެވެ. އަދި އެއީ ބްލޫރިންގްޑް އޮކްޓޮޕަސްއެއްކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ބްލޫރިންގްޑް އޮކްޓޮޕަސްއަކީ ދުނިޔޭގެ އެންމެ ވިހަ ގަދަ ބޯވައިގެ ބާވަތެވެ. އޭގެ ގައިގައި ހުންނަ ނިއުރޯޓޮކްސިންއިން ވިހަ އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ދިޔުމުން، ބޯއަނބުރާ ހޮޑުލަވާގޮތްވުމާއި، ހިތް ހުއްޓުންފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވެއެވެ.

މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހަައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީކޮށް ނޭވާލައްވަން ޖެހެއެވެ. އާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެއެވެ. މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއްް އަދި ނެތެވެ.

މީގެކުރިންވެސް ކެއުމަށް ފިހާރަތަކުގައި ވިއްކާ ބޯވަތަކުގެތެރެއިން ބްލޫރިންގްޑް އޮކްޓޮޕަސްތައް ފެނިފައި އެބަހުއްޓެވެ.

ވެއިބޯގައި ކޮށްފައިވާ ޕޯސްޓަށް ޗައިނާގެ ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ. އެގޮތުން މިހާތަނަށް 6 މިލިއަން މީހުންވަނީ އޭތި ވިއުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!