މަސްވެރިކަމާއި ގުޅޭ

އިންޑިއާގެ މަސްވެރިއެއް
އިންޑިއާގެ މަސްވެރިއެއް

އިރުވައި މޫސުމުގެ ފަސްވަނަ ނަކަތް: ދިނަޝަ

މިއަދަކީ އިރުވައި މޫސުމުގެ ފަސްވަނަ ނަކަތް ކަމުގައިވާ 'ދިނަޝަ' ނަކަތެވެ.

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 20.37 ކިލޯމީޓެވެ.

'ސިނަޝަ' ނަކަތް ފެށުމުގެ ކުރިން އޮތީ 'ހުވަން' ނަކަތެވެ. އެއީ އިރުވައި މޫސުމުގެ ހަތަރުވަނަ ނަކަތެވެ. އިރުވައި މޫސުމުގެ ފުރަތަމަ ނަކަތަކީ 'މުލަ' ނަކަތެވެ. އަދި ދެވަނަ ނަކަތަކީ 'ފުރަހަޅަ' ނަކަތެވެ. އޭގެ ފަހުގައި އައީ 'އުތުރުހަޅަ'އެވެ.

މިހާރު ހިނގަމުންދާ 'ދިނަޝަ' ނަކަތް ނިމުމުން ދެން އަންނާނީ 'ހިޔަވިހާ' ނަކަތެވެ.

ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި ބާކީ ހަތަރު ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!