މަސްވެރިކަމާއި ގުޅޭ

hsdhhsa

ހަވާއީގެ ބީޗަކަށް މަރުވެގެން ލެއްގި ބޮޑު މަހެއްގެ ބަނޑުތެރެއިން ގިނަ އަދަދެއްގެ ޕްލާސްޓިކް

ހަވާއީގެ ބީޗަކަށް މަރުވެގެން ލެއްގި ބޮޑު މަހެއްގެ ބަނޑުތެރެއިން ގިނަ އަދަދެއްގެ ޕްލާސްޓިކާއި މަސް ބޭނުމަށް ބޭނުންކުރާ އާލާތްތައް ފެނިއްޖެއެވެ.

މޫދަށް އަޅާ ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގިނަ އަސަރުތަކެއް ކުރެއެވެ. އަދި މިގޮތަށް އުކާލެވޭ ކުނިތައް މަސްތަކަށް ކެވި އެ އެއްޗެހި މަރުވުމަށްވެސް މެދުވެރިވެއެވެ.

މިފަހުން ހަވާއީގެ ބީޗަކަށް ލެއްގި ބޮޑުމަހެއް މަރުވެފައިވާ ސަަބަބު ދެނެގަތުމަށް ސައިންވެރިން ވަނީ ދިރާސާއެއް ކޮށްފައެވެ.

ދިގު މިނުގައި 17 މީޓަރު އަދި ބަރުދަނުގައި 54000 ކިލޯ ހުރި މި ބޮޑުމަސް މަރުވާން މެދުވެރިވި ސަބަބެއްކަމަށް ސައިންވެރިން ދެކެނީ ގިނަ އަދަދަކަށް ޕްލާސްޓިކް ކެވިފައިވުމެވެ. މިކަމުގެ ސަބަބުން އޭގެ ބަނޑުތެރެ ބެނދި ކެއުމަށް ހުރަސް އެޅިފައިވެއެވެ. އޭގެ ބަނޑުގެ ސައިޒު ބޮޑުކަމުން ހުރިހާ ކުނިބުނިތައް ނެގިފައިނުވާ ކަމަށެވެ.

ސްޕާމް ވޭލް އަކީ ދުރު ހިސާބުތަކަށް ދަތުރުކުރާ އެއްޗަކަށްވުމުން މި ކުނިތައް އެއަށް ކެވިފައިވަނީ ކޮންތާކުން ކަމެއް ނޭގެއެވެ.

ސައިންވެރިން ބުނާގޮތުގައި ކޮންމެ އަހަރަކުވެސް 31.9 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި ދުނިޔޭގައި އުފައްދާއިރު، މީގެތެރެއިން 4 ބައިކުޅަ އެއްބައި ކުނިތައް ދަނީ މޫދަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!