މަސްވެރިކަމާއި ގުޅޭ

maxresdefault-pvooa7cz8f08rr3ad0qlslkukcpj2udn5dbpzqe2rs

ފަޅުރަށެއްގައި ވޭލާ ކުނޑި ހަދަން ތިއްބާ ފުލުުހުންނަށް ފެނިއްޖެ

ބ. އަތޮޅު ފަޅުރަށެއްގައި ވެލާ ކުނޑި ހަދަން ތިބި ބަޔަކު ފުލުހުންނަށް ފެނިއްޖެއެވެ.

އިއްޔެ ބ. ކެޔޮދޫގައި ވެލާ ފަޅައިގެން އުޅޭ ކަމަށް ބަޔަކު ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން، އިއްޔެ ހަވީރު ފުލުހުން ވަނީ އެރަށަށް އަރާފައެވެ. އަދި ފުލުހުން އެރަށަށް އަރައި ބެލިއިރު އެމީހުން ވެލާ ފަޅައިގެން އޭގެ ތެޔޮކުނޑި ކައްކަން ތިއްބާ ވަނީ ފެނިފައެވެ.

ނަމަވެސް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުން ބުނީ، ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެކަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ހިއްސާކޮށްފައިވާ ކަމަށެވެ.

މިކަމުގައި އީޕީއޭއިން އަދި ބައެއް ނުބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!