މަސްވެރިކަމާއި ގުޅޭ

ޑީކޯވި މީހާ -- ފޮޓޯ/ ސޯޝަލް މީޑިއާ
ޑީކޯވި މީހާ -- ފޮޓޯ/ ސޯޝަލް މީޑިއާ

ޑީކޯވި މީހާއަށް ބޮޑުވަރުވީ އޭއެސްއެމްއެޗް ގެ ސަބަބުން: އެމްޕީ ފިރުޝާން

ޑީކޮމްޕްރެޝަން ސިކްނެސް ސިންޑްރޯމް ގެމައްސަލައެއް ދިމާވެގެން ގދ. ތިނަދޫ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އަށް ގެންދިޔަ މީހަކަށް ބޮޑުވަރުވީ ހޮސްޕިޓަލުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ޑީކޯވި މަސްވެރިއެއް ކަމަށްވާ ސައީދުބޭގެ ދަރިފުޅު ކޮށްފައިވާ ޕޯސްޓެއް ރިޓުވީޓު ކުރަމުން ފިރުޝާން ވިދާޅުވީ ސައީދުބެ ޑީކޯވީ މިދިޔަ ބުދަ ދުވަހު ކަމަށާއި ހަމަ އެދުވަހު އޭއެސްއެމްއެޗްއަށް ދައްކާފައިވާ ކަމަށެވެ.

ނަމަވެސް “މައްސަލައެއް ނެތްކަމަށް ނިންމައި ހަމަ އެދުވަހު ދޫކޮށްލި”ކަމަށް ފިރުޝާން ވިދާޅުވިއެވެ.

އޭގެ އެއްދުވަސް ފަހުން ސައީދުބެ އަމިއްލައަށް މާލެ ގޮސް އޭޑީކޭއަށް ދައްކައިގެން، މިހާރު އޭޑީކޭއިން ފަރުވާ ހޯދަމުން ދާކަމަށް ފިރުޝާން ވިދާޅުވިއެވެ. އަދި އެއްދުވަސް ލަސްވުމާއި، ފްލައިޓުން ފްލައި ކުރުމާއި ގުޅިގެން ސައީދުބެއަށް ލިބިފައިވާ ގެއްލުން ބޮޑުކަމަށް އޭޑީކޭ ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން މައުލޫމަތު ދިން ކަމަށް ފިރުޝާން ވިދާޅުވިއެވެ.

"މި ވަރުވި އިރު އަޅާ ނުލާ ދޫކޮށްލުމަކީ ދެރަވަރުކަމެއް." ފިރުޝާން ވިދާޅުވިއެވެ.

ސައީދުބެގެ ދަރިފުޅު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ސައީދުބެއަށް ޑީކޯ ވުމުގެ ގެމައްސަލައެއް ދިމާވެގެން މިވަގުތު ދަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗެމްބަރ ގައި ފަރުވާދެމުން ކަމަށެވެ.

"ހެޔޮއެދޭ އެންމެހާ ބޭފުޅުން އަޅުގަނޑުގެ ބައްޕަ އަށް ހެޔޮ ދުޢާ ކޮއްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް!
ބައްޕަ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! اَمِين يَا رَبَّ الْعَالَمِيْ " ސައިދުބެގެ ދަރިފުޅު ކޮށްފައިވާ ޕޯސްޓުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!