މަސްވެރިކަމާއި ގުޅޭ

r0_0_800_600_w1200_h678_fmax

ކޮރެއާގައި ބޯޓެއް ބަންޑުން ޖަހާލި ހާދިސާއެއްގައި 9 މަސްވެރިއެއް ގެއްލިގެން ހޯދަނީ

ސައުތު ކޮރެއާގައި މަސް ބޯޓެއް ބަންޑުން ޖަހާލުމުގެ ހާދިސާއެއްގައި 9 މަސްވެރިއެއް ގެއްލިއްޖެއެވެ.

ސައުތު ކޮރެއާގެ ކޯސްޓު ގާޑުން މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މަސް ބޯޓު ބަންޑުން ޖަހާލުމުގެ ހާދިސާ ހިނގާފައިވަނީ ސައުތު ކޮރެއާގެ ސައުތުވެސްޓަރ ކޯސްޓުގައެވެ.

ބޯޓު ބަންޑުން ޖަހާލުމުގެ ހާދިސާގައި ސަލާމަތްވެފައިވަނީ 3 މަސްވެރިއެކެވެ. އެމީހުން ސަލާމަތްކޮށްފައިވަނީ އެވަގުތު އެ ސަރަހައްދުގައި އޮތް ބޯޓަކުންނެވެ.

ސަލާމަތްވި މީހުންނާ ހަވާލާދީ ޙަބަރުތައް ބުނާގޮތުގައި ބޯޓު ބަންޑުން ޖަހާލާފައިވަނީ އިންޖީނު ރޫމް ދިޔަވާން ފެށިމާއެކު ބޯޓު ބަންޑުން ޖަހާލުމުންނެވެ. މި މަސްބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަދި ގެއްލިގެން ހޯދަމުންދާ 9 މަސްވެރިން ބޯޓުގައި ތާށިވެ މަރުވެފައި ތިބުންވެސް އެކަށީގެންވާ ކަމަށް ކޯސްޓު ގާޑުން ހާމަކުރެއެވެ.

ގެއްލިގެން ހޯދަމުންދާ މަސްވެރިންގެ ތެރޭގައި ހިމެނެނީ ސައުތު ކޮރެއާއަށް ނިސްބަތްވާ 7 މީހަކާއި، ބޭރު ޤައުމަކަށް ނިސްބަތްވާ 2 މީހުންނެވެ. އެހެން ނަމަވެސް އެމީހުންނަކީ ކޮން ޤައުމެއްގެ ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.

30އަށް ވުރެ ގިނަ ކޯސްޓުގާޑުގެ ކަނޑު ބޯޓު އަދި 8 ވަރަކަށް ކޯސްޓުގާޑުގެ މަތިންދާ ބޯޓުތަކުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!