މަސްވެރިކަމާއި ގުޅޭ

fishermansss

ގެއްލިގެން ހޯދަމުން ދިޔަ މަސްވެރިންތަކެއް 5 ދުވަސްފަހުން ފެނިއްޖެ

މެލޭޝިއާގައި ގެއްލިގެން ހޯދަމުން ދިޔަ މަސްވެރިންތަކެއް ބެހިގެން ދަނިކޮށް ފެނިއްޖެއެވެ.

މަސްވެރިންތައް ފެނިފައިވަނީ ގެއްލިގެން ހޯދަމުންދާތާ 5 ދުވަސްފަހުންނެވެެ. އެމީހުން ފެނުނީ މަސް ބޯޓުގެ މަސް ރައްކާކުރާ ފޮށިގަނޑުގައި އޮޔާދަނިކޮށެވެ.

މި މަސްވެރިންތައް މަހަށް ނިކުމެފައިވަނީ މިދިޔަމަހުގެ 29ވަނަ ދުވަހުއެވެ. މޫސުން ގޯސްވެ މަހަށް ދިޔަ ބޯޓަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. އަދި ބޯޓު ދިޔަވާން ފެށުމުން، މަސް ރައްކާކުރާ ފޮށިގަނޑުތަކުން ކަނޑުމަތީގައި ތިބެވޭނެ ފަދަ އެއްޗެއް ހެދީއެވެ.

ފޮށިގަނޑުތެރެއަށް އެރުމުގެ ކުރިން ބޯޓުގައި ހުރި ކާނެ އެއްޗިއްސާއި ބޯނެ އެއްޗެހިވަނީ ފޮށިގަނޑަށް ލާފައެވެ. ބެހިގެން ދިޔަތާ 4ވަނަ އަށް ވީދުވަހު ބޯ ފެން ހުސްވުމުން، ވާރޭފެން އެއްކޮށްގެން ބުއިމަށް ބޭނުންކުރިއެވެ.

އެމީހުން ސަލާމަތްކޮށްފައިވަނީ މުދާ އުފުލާ ބޯޓަކަށް ފެނިގެންނެވެ. އެމީހުން އެއްގަމަށް ގެނައުމާއި އެކު ވަނީ ސިއްހީ އަވަސް ފަރުވާ ދީފައެވެ. އަދި އެމީހުންނަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!