ކޯސްޓާ ރިކާގައި، ހެމާހެޑް ޝާކް - ކާލިގަނޑު މިޔަރުގެ މަސްވެރިކަން ކުރުން މަނާކޮށްފިއެވެ.
މި ބާވަތުގެ މިޔަރަކީ އެޤައުމުގައި ޑިމާންޑު ބޮޑު އެއްޗެކެވެ. އެގޮތުން މީގެ އުރަހަ ބޭނުންކޮށްގެން ސޫޕްތައް ހަދައެވެ. އެހެންނަމަވެސް އެޤައުމުގެ ސަރުކާރުން މި ބާވަތުގެ މިޔަރުގެ މަސްވެރިކަން މަނާކޮށްފައިވަނީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް އެޤައުމުންދޭ އަހައްމިއްޔަތު ދުނިޔެއަށް ދައްކައިދިނުމުގެ ގޮތުންނެވެ.
މި ނިންމުމާއި އެކު ކޯސްޓާ ރިކާގައި ހެމާހެޑް ޝާކް ބޭނުމާއި، ވިޔަފާރި ކުރުމާއި، އޭތި ރައްކާކުރުމާއި، ޤައުމުން ބޭރަށް އެކްސްޕޯޓުކުރަން މަސައްކަތްކުރުން ވެގެންދާނީ ޤާނޫނީ ކުށަކަށެވެ.
ކޯސްޓާ ރިކާގައި ހެމާހެޑް ޝާކް ބޭނުން މަނާކޮށްފައިވާއިރު، މީގެ ތިން މަސްދުވަސް ކުރިން ޕެނަމާގައި ބޭއްވި ކޮންވެންޝަން އޮން ދަ އިންޓަރނޭޝަނަލް ޓްރޭޑު އިން އެންޑޭންޖާޑު ސްޕީސީސް އޮފް ވައިލްޑު ފައުނާ އެންޑު ފްލޯރާ، ސައިޓްސްްގެ ބައްދަލުވުމުގައި ވަނީ 54 ބާވަތެއްގެ މިޔަރު ހިމާޔަތްކުރުމަށް ލަފާދީފައެވެ.
ހެމާހެޑް ޝާކްއަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މިޔަރު އުރަހައިގެ ބޭނުމަކީ ބާނާ ބާވަތެވެ. އަދި މީގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން މިކަމުން ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ.
2 Responses
ރާއްޖޭވެސް ތި މަނާ ކުރިޔަސް ހިފާ
މަނާ ކުރިޔަސް ހިފާނެ