big_91661_FISHERIES-ECONOMY

މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ހަރަދުގައި އިންޑިޔާގައި ފިޝިންގ ވިލެޖުތަކެއް ތަރައްޤީކުރަނީ

އިންޑިއާގެ ގޯއާގައި 4 ފިޝިންގ ވިލެޖް ތަރައްޤީކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ޗީފް މިނިސްޓަރ ޕަރަމޮޑް ސާވަންތު މިކަން އިޢުލާންކޮށްފައިވަނީ ގޯއާ މެގާ އެކުއާ ފިޝް ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައެވެ. އޭނާވަނީ މަސްވެރިކަމުގެ ދާއިރާއަށް ގިނަ މީހުން ގުޅި މި ދާއިރާއިން ލިބެން ހުރި ފައިދާތައް ހޯދުމަށް ގޮވާލާފައެވެ.

އަދި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގޯއާ ސްޓޭޓުގެ 2 ޑިސްޓްރިކްޓެއްގައި ޖުމްލަ 4 ފިޝިންގ ވިލެޖު ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ސާވަންތު ވިދާޅުވެފައިވާއިރު، އެ ވިލެޖްތަކަށް ބޭނުންވާ އުމްރާނީ ތަރައްޤީތައް ގެންނާނެ ކަމަށްވެސްވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ދަނީ ނޫ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން އާއްމުންގެ ފުއްދުންތެރިކަން އިތުުރުކޮށް، ވިޔަފާރިތަކުން ލިބޭ ނަފާ އިތުރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް ސަވާންތު ވިދާޅުވިއެވެ.

ގޯއާ އަކީ ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސްޓޭޓަކަށްވުމުން ގިނަ އަދަދެއްގެ މަސްވެރިން އެހިސާބުގައި އުޅެއެވެ. އެހެން ނަމަވެސް މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!