ޖަޕާނަކީ ރަނގަޅަށް ނުކައްކާ ހުންނަ މަސް ކެއުމުގައި ބޭނުން ކުރާ ޤައުމެކެވެ. މިގޮތުން މި ފަހުން ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ. މި ވީޑިއޯއިން ފެންނަނީ ކާން ގެނައި ތަށީގައި ދިރިިދިރި އޮތް މަހެކެވެ.
އެމަސް އަނގަ ހުޅުވާ، ކަސްޓަމަރު ކާންވެގެން ބޭނުންކުރި ޗޮޕް ސްޓިކްގައި ވަނީ ދަތް އަޅާފައެވެ. އަދި ޗޮޕް ސްޓިކް ދަމައިގަންނަން އުޅުމުންވެސް ކުޑަ މަސް ދޫނުކުރަންވެސް މަސައްކަތްކުރާތަން ވީޑިއޯއިން ފެނެއެވެ.
މި ވީޑިއޯ ޓުވިޓާގައި ހިއްސާކޮސްފައިވާނީ މިމަހުގެ 13ވަނަ ދުވަހު، އޮޑްލީ ޓެރިފައިންގ ކިޔާ ހޭންޑަލްއަކުންނެވެ.
&
Fish served at restaurant bites chopstick😳 pic.twitter.com/PnkG6xt1Ig
— OddIy Terrifying (@OTerrifying) February 13, 2023
;
މިހާތަނަށް މި ވީޑިއޯއަށްވަނީ 10 މިލިއަން ވިއުސް ލިބިފައެވެ. އަދި 6 ހާހަށްވުރެ ގިނަ މީހުން މި ޓުވީޓު ރި-ޓުވީޓު ކޮށްފައި ވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ މިއަށް ކޮމެންޓު ކޮށްފައެވެ.
ބައެއް މީހުންވަނީ މިއީ ސިއްހީގޮތުން ރަނގަޅު ކަމެއް ނޫންކަން ފާހަގަކޮށްފައެވެ. އެގޮތުން ދިރިދިރި ހުންނަ މަސް ރަނގަޅަށް ނުކައްކާ ކެއުމަކީ ގިނަ ބަލިތަކަކަށް މީހާ ހުށަހެޅިގެންދާ ކަމެއް ކަމަށް ބުނެފައިވެއެވެ.
ބައެއް މީހުންވަނީ މި ވީޑިއޯއަށް ޖޯކް ޖަހާ ކޮމެންޓު ކޮށްފައެވެ. އެގޮތުން މިއީ މާ ބޮޑަށް ފްރެޝް މަހެއް ކަމަށް ބުނެފައިވެއެވެ.