fshdfd

ސައިންސްވެރިންގެ ޝައުގުވެރިކަން 10 މީޓަރުގެ ބޮޑު ޖެލީ ފިޝްއަކަށް

ކަނޑުއަޑީގައި ފޮރުވިފައިވާ ސިއްރުތަކަކީ ސައިންސްވެރިން އެކަމަކަށް ޝައުގުވެރިވާ ކަންތައްތަކެވެ. އެގޮތުން ކަނޑުގެ އެންމެ ފުނުގައި އުޅޭ ދިރުންތަކާއި ގުޅޭ މައުލޫމާތުތައް އެއްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

މިގޮތަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިވަނީ 10 މީޓަރުގެ ބޮޑު ޖަޔަންޓު ފޭންތޮމް ޖެލީފިޝްއެއްގެ ފޮޓޯތައް ނެގިފައެވެ. މީގެ ވީޑިއޯ ނެގިފައިވަނީ އެންޓާޓިކް ކަނޑުންނެވެ.

ބަލާ ބެލުމަށް މި ޖެލީ ފިޝް ސިފަވަނީ ބޮޑު ޓޮއިލެޓު ޕޭޕާ ރޯލްއެއް ރޫޅިގެން އެނބުރޭހެނެވެ. މި ޖެލީ ފިޝް އެންމެ ފުރަތަމަ ފެނިފައިވަނީ 2022ވަނަ އަހަރުގެތެރޭގައެވެ.

މިއަށް ލިބިފައިވާ ތަފާތު ސިފަތަކާއި އެކު ސައިންސްވެރިން ދަނީ މިއާ ގުޅޭ ގިނަ މައުލޫމާތުތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ޖެލީ ފިޝް މިފަހުން ފެނިފައިވަނީ ކަނޑުގެ 280 މީޓަރު އަޑިންނެވެ.

މި ޖެލީ ފިޝް އާއްމުކޮށް ކައި އުޅެނީ ޕްލޭންކްޓަން އާއި ކުދި މަސްތަކެވެ. އަދި މީގެ ބޮލުގައި 3.3 ފީޓު ހުރެއެވެ. އަދި މީގައި 4 އަތް ހުރެއެވެ. މި އަތްތަކަކީ އޭތި ކެއުމަށް ޝިކާރަކުރުމުގައި އެހީތެރިވެދޭ އެއްޗެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!