WhatsApp Image 2023-02-16 at 22.00.18

މިފްކޯ ރޯދަ ޕްރޮމޯޝަންގައި ބައިވެރިވެގެން އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމް

މިފްކޯ ފަސްމީރު ރޯދަ ޕްރޯމޯ 1444 ބުރާސްފަތި ދުވެހުގެ ރޭ ފަށައިފިއެވެ. 30 އޭޕްރިލް ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ހުޅުމާލެ ފޭސް 2 ގައި މިފްކޯއިން އަލަށް ހުޅުވި މަސް ފިހާރައިގައި އޮތް ރަސްމިއްޔާތުގައި ފައްޓަވައިދެއްވީ މިފްކޯގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާން އެވެ.

އެހެން އަހަރު ތަކެކޭ އެއްގޮތަށް ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި މި ކޫޕަން ހުށަހަޅައިގެން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި ފައިސާގެ އިނާމު ލިބޭނެއެވެ.

މާލެ އާއި ހުޅުމާލެ ފޭސް 1، ފޭސް 2 ގެ މަސްފިހާރައިގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް،  އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް ގެ މިފްކޯ މަސްފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަން ވަނީ ހުޅުވާލެވިފައެވެ.

މިފްކޯ ފަސްމީރު ރޯދަ ޕްރޯމޯ 1444 ގެ އެންމެ ނަސީބުވެރި އެއް ވަނައަށް ހޮވޭ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ވަނަ އާއި ތިން ވަނައަށް ހޮވޭ ފަރާތްތަކަށް 45،000 ރުފިޔާ އަދި 25،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

"މިފްކޯ އިން ހުސްވުމެއްނެތި ކަސްޓަމަރުންނަށް މަހާއި މަސްދަޅު މި ރޯދަމަހު ވެސް އެއް އަގެއްގައި ފޯރުކޮށްދޭނެ،" ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އަހްމަދު ޒާމް ވިދާޅުވި އެވެ.

ފަސްމީރު ރޯދަ ޕްރޯމޯ އާއި އެކު މިއަހަރު މިފްކޯއިން ރޯދަމަހުގެ ހަދިޔާ ދިނުމުގެ ރޫހާއި އެކު ވަނީ ރަމަޟާން މަހަށް ހާއްސަ މަސްދަޅު ޕެކޭޖިން ވެސް ތައްޔާރުކޮށްފައެވެ.

މިގޮތުން 6 މަސް ދަޅާއި، 12 މަސްދަޅު، 24 މަސްދަޅު އަދި 48 މަސްދަޅުގެ ކޭސްތައް މިހާރު ރޯދަމަހުގެ ހެޔޮ އެދުންތަކާއެކު ބޭނުން ފަރާތަކަށް މިފްކޯގެ ފިހާރަތަކުން ޑެލިވަރ ކޮށްދިނުމަށް ވަނީ ތައްޔާރުވެފައެވެ. މަސްފިހާރަތަކަށް ގުޅާކުމުން ރޯދައިގެ ތަހުނިޔާ އާއިއެކު ބޭނުން ފަރާތަކަށް މިފްކޯގެ އެކި ކަހަލަ މީރު މަސްދަޅު ހަދިޔާ ކުރެވިދާނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!