އިންޑިއާގައި 200 ކިލޯގެ ބުލް ޝާކެއް ބާނައިގެން މަސްވެރިންތަކަކަށް އެއްދުވަހުން ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.
އިންޑިއާގެ އޮޑިޝާގެ ޑިގާ ކޯސްޓުން ބޭނި މި ބުލް ޝާކު ވިއްކާލާފައިވަނީ ނީލަމެއްގައެވެ. މިޔަރުގެ އާއިލާއަށް ނިސްބަތްވާ މިމަސް ވިއްކާލާފައިވަނީ 29000 ރުޕީސްއަށެވެ. މި މިޔަރު ބޭނުނީ ދާ ޖަހައިގެން މަސްވެރިކަން ކުރަމުން ދަނިކޮށެވެ.
އަދި މިޔަރު ބޭނުމަށް އެންމެންވެގެން ބުރަ މަސައްކަތެއް ކޮށްފައިވެއެވެ. އަދި އެ މަސް ބޭނުމާއި އެކު މަސްވެރިންތައްވަނީ އަނބުރާ އެއްގަމަށް އައިސްފައެވެ.
ސައިޒުގެ ގޮތުން ބޮޑު އެ މިޔަރަށްވަނީ އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ. އަދި އޭގެ ފޮޓޯތައް ނަގާ ސޯޝަލް މީޑިއާގައި މީހުންތައް ވަނީ ހިއްސާކޮށްފައެވެ.
މި މިޔަރު ގަނެފައިވަނީ ކަލްކަތާއަށް ނިސްބަތްވާ ކުންފުންޏަކުންނެވެ.