0_Shocked-angler-reels-in-never-seen-before-golden-fish-with-genetic-mutation

މަދުން ނޫނީ ނުފެންނަ ބާވަތުގެ މަހެއް އެމެރިކާގެ މީހަކަށް ބޭނިއްޖެ

އެމެރިކާގައި ފޫހި ފިލުވުމަށް މަސް ބޭނުމަށް ނިކުމެ އުޅުނު މީހަކަށް ތަފާތު ސިފައެއް ޖަހާ މަހެއް ބޭނިއްޖެއެވެ.

މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ވަތްތަރުގެ މަހެކެވެ. ޖޭކަޕް މޫ އެމެރިކާގެ ވަރޖީނިއާގެ ޖޭމްސް ރިވާއަށް މަސް ބޭނުމަށް ދިޔައީ މަސް ބޭނުމުގެ މުބާރާތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެހެން ނަމަވެސް އޭނާއަށް ދިމާވީ ހަޔާތުން ފުހެލެވޭ ކަހަލަ ހާދިސާއަކާ ނޫނެވެ.

އެނާއަށް ބޭނުނީ ގޯލްޑަން ލާޖްމައުން ބާސްއެކެވެ. އެމަސް ފެނިފައި އޭނާއަށް ފުރަތަމަ ހީކުރީ އެއީ ލޮނު ފެނުގައި އުޅޭ ކަހަލަ މަހެއް ކަމަށެވެ. އެހެން ނަމަވެސް ރަނގަޅަށް ބަލާލުމުން އެއީ ލާޖްމައުތެއްކަން އެނގުނެވެ.

އާއްމުކޮށް ލާޖްމައުތު ފިޝް ހުންނަނީ ގައިގައި ކަޅު ތިކި ތަކެއް ޖަހާފައެވެ. އެހެން ނަމަވެސް ޖޭމްސްއަށް ބޭނުނު މަހުގެ ގައިގައި އެއްވެސް ކަޅު ތިއްކެއް ނެތެވެ.

މިއީ ޖެނެޓިކް މިއުޓޭޝަނެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!