މިފްކޯގެ މެނޭޖިންގް ޑިރެކްޓަރ އިސްމާއީލް ފައުޒީ
މިފްކޯގެ މެނޭޖިންގް ޑިރެކްޓަރ އިސްމާއީލް ފައުޒީ

މިފްކޯއިން އިތުރު 4 މަސްބޯޓުު ގެންނަނީ

މިފްކޯއިން އިތުރު 4 މަސްބޯޓުު ގެންނަން ނިންމައިފިއެވެ.

އެކަން ހާމަކުރީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ދެއްވި އިންޓަވިއުއެއްގައެވެ. ޓީވީއެމްގެ ޕްރޮގްރާމަކަށް މައުލޫމާތު ދެއްވަމުން ސީއީއޯ ވިދާޅުވީ މިވަގުތު މަސައްކަތްކުރަމުންދަނީ ޖަޕާނުން އެއް ބޯޓު އަދި ތައިލެންޑްގެ ތިން ބޯޓު ގެނައުމަށް ކަމަށެވެ.

މީގެ ތެރެއިން ޖަޕާނުން ގެންނަ މަސް ބޯޓު އަންނަ މަހު ރާއްޖެ ގެނެސް، އޮޕަރޭޝަނަށް ގެނެވޭނެކަމަށް ފައުޒީ ވިދާޅުވިއެވެ. މިއީ 120 ޓަނުގެ ބްރައިން ފްރީޒިންގ އުޅަނދެއް ކަމަށާއި މިއީ ގާތްގަނޑަކަށް 400 ޓަނުގެ ސްޓޯރޭޖްގެ އުޅަނދެއްކަމަށް ފައުޒީ ވިދާޅުވިއެވެ.

ރާއްޖޭގައި ބާނާ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މިފްކޯއިން  ވަނީ މިދިޔަ އަހަރުގެ ތެރޭގައިވެސް މަސްކިރާ ތިން ބޯޓު ގަނެފައެވެ.

ދެހާސް އެކާވީސް ވަނަ އަހަރުވެސް މިފްކޯއިން ވަނީ ބޯޓެއް ގަނެފައެވެ. އެއީ ދުވާލަކު 100 ޓަނުގެ މަސް ގަނެވޭ ބޯޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!