އޮސްޓްރޭލިއާގެ ވަކިން އޮންނަ ދުރު ހިސާބަކަށް ކުރި ވިއްސާރައިގައި 'މަހުގެ ވާރޭ' ވެހިއްޖެއެވެ.
ޙަބަރުތައް ބުނާގޮތުގައި އޮސްޓްރޭލިއާގެ ލަޖަމަނޫއަށް ވަނީ ބޯކޮށް ވާރޭވެސް ވެހިފައެވެ. މި ވާރެއާއި އެކު މަސްވެސް އުޑުން ފައިބައިފައިވާއިރު، އާއްމުންނަށް ވަނީ ކުއްލި ހައިރާން ކަމެއް ލިބިފައެވެ. މިއީ އެހިސާބަށް އާ ކަމެއް ނޫނެވެ. 2010، 2004 އަދި 1974 ވަނަ އަހަރުވެސް އެ ހިސާބަށް މަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
ވާރެއާއި އެކު އުޑުން މަހުގެ ބާރޭ ވެހުމުގެ ހާދިސާތައް މީގެ ކުރިންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައި އެބަހުއްޓެވެ. ސައިންސްވެރިން ބުނާ ގޮތުގައި މަހުގެ ވާރޭ ވެހެން މެދުވެރިވާ ސަބަބަކީ ތިލަ ކޯރުތަކާއި ދިމާލުގައި އެނބުރޭ ވައިރޯޅި އުފެދި އެ ކޯރުގައި ހުންނަ ހުރިހާ އެއްޗެއް ވާރޭ ވިލާތަކުގެ ތެރެއަށް ދަމައިގަތުމުން ކަމަށެވެ. އަދި އެހެން ދަމައިގަންނަ އިރު، މޫދުގައި އުޅޭ މަހާއި ވެނާ ބޮއް ފަދަ އެއްޗެހި ވެސް ދަމައިގަންނެއެވެ.
މިހެން ވާރެއާއި އެކު ފައިދާ މަސް ކެއުމަށް ބޭނުންކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.