ޖަޕާނުގެ ބީޗަކަށް ލެއްގި ގޮތް ނޭގޭ އެއްޗަކީ ބޮއެއް ކަމަށް ކަމާއިގުޅޭ މާހިރުން ހާމަކޮށްފިއެވެ.
މިދިޔަ އަނގާރަދުވަހު ޖަޕާނުގެ ބީޗަކަށް ލެއްގި ބޮޑު ބޯޅައެއް އެއް ގޮތަށް އޮތް ގޮތް ނޭގޭ އެއްޗަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެޤައުމުގެ ސަރުކާރުންވެސް މިކަންތައް ނެގީ ވަރަށް ސީރިއަސްކޮށެވެ. އެގޮތުން އެ ބީޗު ސަރަހައްދު އެއްކޮށް ބަންދުކޮށް، ކަމާއި ގުޅޭ ތަޖުރިބާކާރުންގެ އެހީގައި އެއީ ޤައުމުގެ ސަލާމަތަށް ނުރައްކާތެރި އެއްޗެއްތޯ ބެލުމަށް މަސައްކަތްކުރިއެވެ.
އެގޮތުން އެއީ ބޮމެއްތޯ، ނޫނީ ޖާސޫސުކުރަން އެޤައުމުގެ ކަނޑުގެ ސަރަހައްދަށް ދޫކޮށްފައިވާ އެއްޗެއްތޯ ވަނީ ބަލާފައެވެ. ބޮމެއްތޯ ބެލުމަށްވަނީ އޭގެ އެކްސްރޭ ނަގާފައެވެ.
ދަ ނިއުޔޯކް ޓައިމްސްގައިވާގޮތުން މި ބޮޑު ބޯޅައަކީ ބޮއެއް ކަމަށް ކަމާއި ގުޅޭ މާހިރުންވަނީ ބުނެފައެވެ. އެގޮތުން މިއީ ޖާސޫސުކުރަން ބޭނުންކުރާ ޒާތުގެ އެއްޗެއް ނޫން ކަމަށާއި، މިއީ ހަމަ އާދައިގެ ބޮއެއް ކަމަށް އެފަރާތްތަކުންވަނީ ބުނެފައެވެ.
A mysterious metal ball spotted on a beach in Hamamatsu City this week prompted local police to scramble the bomb squad. A careful examination revealed it is not a threat -- but shed no light on what it actually is. pic.twitter.com/ytClWsP0bw
— NHK WORLD News (@NHKWORLD_News) February 21, 2023
މިއީ އޮންލައިންކޮށްގެން ގަންނަން ލިބެން ހުންނަ ބޮއެތަކެކެވެ. ބައެއް ކަހަލަ ދިރާސާތައް ކުރުމަށާއި، ބޯޓުތަކުގައިވެސް މިކަހަލަ ބޮއެއް ބޭނުންކުރާ ކަމަށް ކަނޑުގެ ދިރާސާތައްކުރާ ފަރާތްތަކުން ބުނެއެވެ.