ގއ.ދެއްވަދޫ ބަނދަރުގެ ދެކުނު ފަރާތުގައި މަސްކަނޑާތަނެށް ތަރައްޤީކުރުމަށް ނިންމައިފިއެވެ.
ދެއްވަދޫ ކައުންސިލުން މިހާރުވަނީ އެރަށުގައި މަސްކަނޑާނެތަނެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.
އެގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 26 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 02 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މިޕްރޮޖެކްޓްގެ މައުލޫމާތު ޝީޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ދެއްވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 07 މާރިޗް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކައުންސިލަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. އަދި ރެޖިސްޓަރ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށްވެސް ދެއްވަދޫ ކައުންސިލުން ހާމަކުރެއެވެ.