އޮޑި ދޯނި ފަހަރު ބަނުމަށާއި ފައިބަރު މަސައްކަތް ކުރުމަށް ރ. ވާދޫއިން ބިން ދޫކުރުމަށް ނިންމައިފިއެވެ.
ވާދޫ ކައުންސިލުން ބުނީ އޮޑި ދޯނި ފަހަރު ބަނުމަށާއި، ފައިބަރު މަސައްކަތް ކުރުމަށް 5000 އަކަފޫޓުގެ 3 ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ، ބީލަމުގައި ރަޖިސްޓަރީކުރާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރުމަށް، ބީލަން ފޮތް ގަތުމަށް އެދޭ ފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހަޅަންޖެހެއެވެ. ބީލަން ފޮތް ދޫކުރާނީ ބީލަން ގަތުމަށްއެދޭ ފޯމު ހުށަހެޅުމާއިއެކު، ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތުގެ (ސޮފްޓް ކޮޕީގެ) އަގަކީ 500.00 (ފަސްސަތޭކަ ރުފިޔާ) އެވެ.
ވާދޫ ކައުންސިލުން ބުނީ ބީލަން ފޮތް ގަތުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2023 މާރޗް 01 އިން 2023 މާރޗް 09 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 ގެ ނިޔަލަށެވެ. ފޯމު މެއިލް ކުރާނަމަ، ފޯމު ލިބުނުކަން ކަށަވަރު ކުރުމަކީ ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ. 2023 މާރޗު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ފަހުން ބީލަން ފޮތް ނުވިއްކޭނެއެވެ.
ބީލަން ފޮތް ގަތުމަށް އެދޭ ފޯމު ވާދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ބީލަން ބަލައިގަތުމާއި، ބީލަން ކެނޑުން އޮންނާނީ 2023 މާރޗް 13 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ނުވަތަ ކުރިންވެސް ބީލަން ބަލައެއް ނުގަނެވޭނެއެވެ.
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށް ވާދޫ ކައުންސިލްގެ އިއުލާނުގައިވެއެވެ.