Cameroon-illegal-fishing-800x450

ލަންކާ ކަނޑުގައި އިންޑިޔާ މަސްވެރިން މަސްވެރިކަން ކުރަން ހުއްދަދޭން އުޅޭތީ މުޒާހަރާ ކުރަނީ

ލަންކާ ކަނޑުގައި އިންޑިޔާ މަސްވެރިން މަސްވެރިކަން ކުރަން ހުއްދަދޭން އުޅޭތީ ލަންކާ މަސްވެރިން މުޒާހަރާ ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ މަސްވެރިންނަށް މިފަދަ ހުއްދައެއް ދިނުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފައިވަނީ ލަންކާގެ ފިޝަރީޒް މިނިސްޓަރ ޑައުގްލަސް ޑެވަނަޑަނާއެވެ.

އެކަމާ ގުޅިގެން މުޒާހަރާކުރާ މަސްވެރިން ބުނަމުން ދަނީ، އިންޑިޔާ މަސްވެރިންނަށް ލަންކާ ކަނޑުގައި މަސްވެރިކަން ކުރަން ހުއްދަ ދީފި ނަމަ ލަންކާ މަސްވެރިންގެ ދޯނިތައް އެއްގަމަށްލައި، އެއްގަމުގައިވެސް މުޒާހަރާ ކުރާނެ ކަމަށެވެ.

މުޒާހަރާގައި40 ޖަމާއަތަކަށް ނިސްބަތްވާ 8000އާ ގާތްކުރާ އަދަދެއްގެ މަސްވެރިން ބައިވެރިވެއެވެ.

ލަންކާ ކަނޑުގައި އިންޑިޔާ މަސްވެރިން މަސްވެރިކަން ކުރަން ހުއްދަ ދީފިނަމަ އެގައުމުގެ މަސްވެރިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އޭގެ ތެރޭގައި މަސްވެރިކަމުން ކާންބޯން ލިބޭ އާމްދަނީ ދަށަށް ދާނެ ކަމަށް ލަންކާ މަސްވެރިން ބުނަމުން ދެއެވެ.

އަދި އިންޑިޔާ މަސްވެރިންނަށް އެ ހުއްދަ ދީފިނަމަ ގަވާއިދާ ހިލާފުވާ އުޅަނދުތައް ދެނެގަތުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ލަންކާ މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!