ގޮއިދޫ އަންހެނުން މަސް ބާނަނީ-- ފޮޓޯ/ އޭދަފުށީ ވޮއިސް
ގޮއިދޫ އަންހެނުން މަސް ބާނަނީ-- ފޮޓޯ/ އޭދަފުށީ ވޮއިސް

ޖުމްލަ 14000 ރުފިޔާގެ އިނާމާއެކު ކުޅުދުއްފުށީ އަންހެނުންނަށް މަސްރޭހެއް ބާއްވަނީ

ޖުމްލަ 14000 ރުފިޔާގެ އިނާމާއެކު ކުޅުދުއްފުށީ އަންހެނުންނަށް މަސްރޭހެއް ބާއްވަން އެރަށު ކައުންސިލްގެ އިދާރާއިން ނިންމައިފިއެވެ.

"ކަނބަލުންގެ މަސްރޭސް2023" ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ހަމައެކަނި އަންހެން ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވެވޭނީ ފުރަތަމަ ރަޖިސްޓްރީކުރާ10 ޓީމަށެވެ. އަދި ކޮންމެ ޓީމެއްގައި10 އަންހެނުންނާއި3 ފިރިހެނުން ބައިވެރި ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ފިރިހެނުންނަށް ހަރަކާތްތެރި ވެވޭނީ ހަމައެކަނި އެހީތެރިވެދިނުމުގެ ގޮތުންނެވެ.

މި މުބާރާތުގައި އެއްވަނައަށް ދާ ޓީމަކަށް5000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ދެވަނައަށް ޓާ ޓީމަކަށް3000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަކަށް2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް1000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު އެންމެ ބަރު މަސް ބޭނި ފަރާތަކަށް1000 ރުފިޔާ އަދި އެއްވަނަ އަންހެން ކެޔޮޅަށް2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ޖަޖުޕެނަލްގައި ހަރަކާތްތެރިވާނީ މަސްވެރިކަމުގެ ތަޖުރިބާކާރު ބޭފުޅުންކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!