dolphin-nearly-bit-foot-off-798739967

ކޯމަހެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކަށް ބޮޑެތި ޒަހަމްތަކެއް

ކޯމަހެއް ހަމަލާ ދިނުމުގެ ސަބަބުން މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބޮލީވިއާގެ ކޯރެއް ކަމަށްވާ ސަންޓާ ރޯސާ ދި ޔަކޫމާ ގައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މި އަންހެން މީހާ އަށް ހަމަލާދީފައި ވަނީ ކޯރުގައި އުޅޭ ޕިންކް ރިވާ ޑޯލްފިންއެކެވެ. ކޯމަސް އޭނާގެ ފައިގައި ދަތް އެޅުމަށް އޭނާ އެހީއަށް އެދި ގޮވަން ފެށިއެވެ. އަދި އެހިސާބުގައި ތިބި މީހުން އޭނާއަށް އެހީވުމަށް ދިޔައީއެވެ.

އެހެންނަމަވެސް ކޯމަސް އޭނާގެ ފައިން ދޫނުކޮށް ގިނަ އިރުތަކެއް ވަންދެން އޮތެވެ. ފައިން އޭތި ދޫކޮށްލިއިރު ހަންގަނޑު އޮތީ އެލިފައެވެ. އެތެރޭގައި ހުރި ކަށިތައް ހުރީ ފެންނަންށެވެ.

އަވަހަށް އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ. އޭނާގެ ފައިގައި32 ސްޓިޗު ޖަހަން ޖެހުނެވެ. ހާލު ފުރަތަމަ ރަނގަޅުވި ނަމަވެސް4 ދުވަސް ފަހުން އިންފެކްޝަންއަކާއި ހަނގުރާމަކުރަން ޖެހުނެވެ.

އަދި އޭނާގެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދިޔައެވެ. މިއާއެކު ބޮލިވިއާގެ ވެރިރަށަށް ގޮސް އިތުރު ފަރުވާ ހޯދަން ފެށިއެވެ. އަނބުރާ އިނގިރޭސިވިލާތަށް ދިއުމަށްފަހުވެސް ވަނީ ފައިގެ އިތުރު އޮޕަރޭޝަނެ އްކޮށްފައެވެ. އަދި މިހާރު އޭނާގެ ހާލަތު ދަނީ ރަނގަޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!