viber_image_2023-03-04_14-23-54-999

ކަނޑުފަޅުގެ ދިރާސާގައި ބޭނުން ކުރަމުން ދިޔަ ޕެލަޖިކް ބްރަވްސިސްޓަމް ގެއްލިއްޖެ

ކަނޑުފަޅުގެ ދިރާސާގައި ބޭނުން ކުރަމުން ދިޔަ ޕެލަޖިކް ބްރަވްސިސްޓަމް ގެއްލިއްޖެއެވެ.

ނޫ ރާއްޖެ ޕްރޮގްރާމުގެ ފަރާތުން ކުރި ޕޯސްޓެއްގައި ބުނީ، ނޫ ރާއްޖެ ޕްރަގްރާމް އާއި ގުޅިގެން 26 ފެބްރުވަރީ އިން 21 މާރިޗް 2023ގެ ނިޔަލަށް ކުރިއަށްދާ ނޭޝަނަލް ޖޯގްރަފިކް ޕްރިސްޓިންސީސް ކަނޑުފަޅުގެ ދިރާސާ އެކްސްޕެޑިޝަންގައި ކަނޑުގައި ބޭނުންކުރަމުންދިޔަ (ބޮއެ އަޅާ ފެންމަތީ ގައިވާ) ޕެލަޖިކް ބްރަވްސިސްޓަމް ގެއްލިފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ސިސްޓަމް ގެއްލިގައި ވަނީ ގދ. ކާޑެއްދޫ އެއަރޕޯރޓް ދެކުނުފަރާތު ކަނޑުބޭރުގައި ވަނިކޮށެވެ.

އެހެންކަމުން މި ބްރަވް ސިސްޓަމް އާއި ގުޅޭ މަޢުލޫމާތެއް ލިބިފައި ވާނަމަ ވީ އެންމެ އަވަހަށް ނޫރާއްޖެ ޕްރަގްރާމް ސައެންސް އެންޑް ކޮމިއުނިކޭޝަން ލިއޭސަން ، މައީޝާ މުހައްމަދު (ފޯން 9972554 އީމެއިލް: MaeeshaMohamed@NooRaajje.org ) އަށް ނުވަތަ ނޫރާއްޖެ ޕްރަގްރާމް ކޯޑިނޭޓަރ، މޫސާ ޒަމީރު ޙަސަން (ފޯން 7772155 އީމެއިލް: MoosaZameer@NooRaajje.org) އަށް އެންގުމަށް ނޫ ރާއްޖެ ޕްރޮގްރާމުން އެދެއެވެ.

ނޫރާއްޖެ ޕްރަގްރާމް އާއިގުޅޭ އިތުރު މަޢުލޫމާތު www.nooraajje.org ވެބްސައިޓުން ލިބޭނެ ކަމަށް ނޫ ރާއްޖެ ޕްރޮގްރާމުން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!