ނައިފަރުގެ އަންހެނުން  މަސް ބޭނުމަށް ނުކުމެ އުޅުނު ދަތުރުގެ ތެރެއިން / ފޮޓޯ: ޓްވިޓާ
ނައިފަރުގެ އަންހެނުން މަސް ބޭނުމަށް ނުކުމެ އުޅުނު ދަތުރުގެ ތެރެއިން / ފޮޓޯ: ޓްވިޓާ

އަންހެނުންގެ ދުވަސް ފާހަގަކުރަން ކެންދޫގައި މަސްރޭހެއް ބާއްވަނީ

އަންހެނުންގެ ދުވަސް ފާހަގަކުރަން ކެންދޫގައި މަސްރޭހެއް ބޭއްވުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރި އިއުލާނެއްގައި ބުނީ، އަންހެނުންގެ ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރެއިން 'ކަނބަލުންގެ މަސްރޭސް' އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ ބުރާސްފަތި ދުވަހުގެ މެންދުރު2:00 އެވެ.

މުބާރާތުގެ އެއްވަނަ އަށްް2500 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ އަށް1500 އަދި ތިންވަނައަށް300 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

ޖުމްލަ 14000 ރުފިޔާގެ އިނާމާއެކު ކުޅުދުއްފުށީ އަންހެނުންނަށް މަސްރޭހެއް ބޭއްވުމަށްވެސް މި ހަފްތާގެ ތެރޭގައި ވަނީ އިއުލާނު ކޮށްފައެވެ.

"ކަނބަލުންގެ މަސްރޭސް2023" ގެ ނަމުގައި ބާއްވާ އެ ހަރަކާތަކީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

އެ މުބާރާތުގައި އެއްވަނައަށް ދާ ޓީމަކަށް5000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ދެވަނައަށް ޓާ ޓީމަކަށް3000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަކަށް2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް1000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު އެންމެ ބަރު މަސް ބޭނި ފަރާތަކަށް1000 ރުފިޔާ އަދި އެއްވަނަ އަންހެން ކެޔޮޅަށް2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!