އުތުރުގައި އަދިވެސް އެންދަމަނީ އިހުގެ ގޮތަށް ކަމަށް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުނެފިއެވެ.
ޒުވާން މަސްވެރިޔާ ހަސަން ސާޖިން ރާއްޖޭގެ ހުރިހާ ރަށަކަށް ދިއުމަށް ކުރާ ދަތުރަށް މަސްދުވަސް ވެފައި ވާއިރު، އޭނާ ދަތުރު ކުރަމުންދާ ރަށްރަށާ ގުޅޭ މައުލޫމާތު އޭނާގެ މީސްމީޑިޔާ އެކައުންޓްގައި ދަނީ ހިއްސާކުރަމުންނެވެ.
އެގޮތުން ޒުވާން މަސްވެރިޔާ އެންމެ ފަހުން ހިއްސާކުރި ފޮޓޯތަކުގެ ެތރޭގައި ހިމެނޭ އެއް ފޮޓޯއާއެކު އޭނާ ބުނެފައި ވަމީ ޒަމާނާއެކު މަސްވެރިކަން ތަރައްގީވެފައިވާ ހިސާބުތަކުގައި މިހާރު އެން ދަމާ އުޅެނީ ޑައިވިންކޮށް ދާ ޖަހައިގެން ކަމަށެވެ. ނަމަވެސް އުތުރުގެ ގިނަ ރަށްރަށުގައި އަދިވެސް އެން ދަމާ އުޅެނީ އިހުގެ ގޮތަށް ދާ ހިފައިގެން ފީނައިގެން ކަމަށެވެ.
"މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖޭގައި ކުދި ކުދި ދޯނިތަކުގައި މީހުން މާ ކަނޑަށް ނިކުމެ ދަތި ހާލުގައި ބުރަ ގޮތަކަށް މަސްވެރިކަން ކޮށް އުޅުނު ދުވަސްމަތިން މިއަދު ހަނދާން އާކޮށްލަން ޖެހޭ" އެއަށް އިތުރު ކޮށްލަމުން ޒުވާން މަސްވެރިޔާ ބުނެފައި ވެއެވެ.
ޒުވާން މަސްވެރިޔާ ހއ. ތުރާކުރުން މި ދަތުރު ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
ދަތުރުގެ މިހާހިސާބަށް ދިޔައިރު ޒުވާން މަސްވެރިޔާގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ލޯބިވާ އާއިލާއާއި ރައްޓެހިންނާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުން ކަމަށް ޒުވާން މަސްވެރިޔާ ބުނެފައިވެއެވެ.
"ނަމަވެސް މިއަދު އަޅުގަނޑު އުފާކުރާ ކަމަކީ, ހއ އަތޮޅުން އަޅުގަނޑަށް ޒިޔާރާތްކޮށްލެވުނު ރަށްރަށުން އަޅުގަނޑަށް ދެއްވި މެހެމާންދާރީ. އާއިލާ އާއި ދުރުގައި އުޅެން ޖެހުނަސް, އެ ހުރިހާ ލޮބިވެތި ރައްޔިތުންގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ސަބަބުން އަޅުގަނޑަށް ލިބެނީ އަކުރުތަކަކުން ލިޔެގެން ހާމަނުކޮށްދެވޭނެ ފަދަ ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް. އަދި މިއީ މި ދަތުރު ކުރިއަށް ގެންދިއުމަށް އަޅުގަނޑަށް ލިބޭ އެއްމެ ބޮޑު ހިތްވަރު" ޒުވާން މަސްވެރިޔާ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.
މި ދަތުރުގައި މިހާތަނަށް ދެވުނު މަންޒިލް ތަކުގައި ޒުވާން މަސްވެރިޔާ ވަނީ މަސްވެރިކަމާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ޒުވާން މަސްވެރިޔާ ޕޭޖުން، ދަތުރުގެ ހުރިހާ އަދާހަމައެއް ގެނެސްދޭއިރު، ބައެއް ރަށްރަށުގެ ސްކޫލު ކުދިންނާ ބައްދަލުކޮށް މަސްވެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ސެޝަން ހިންގާފައި ވާއިރު، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއެކު މަހަށް ވެސް ގޮސްފައިވެއެވެ. އޭގެ އިތުރުން މަސް ކެއްކުމުގެ މަސައްކަތް ކުރާ މީހުންނާއި ދަނޑުވެރިން އަދި އެހެނިހެން މަސައްކަތްތައް ކުރާ މީހުންގެ މައުލޫމާތު ޒުވާން މަސްވެރިޔާގެ ޕޭޖުން ވަނީ ގެނެސްދީފައެވެ.
One Response
Ihuge gothakoo kobaakan neyngena adhi ihuge meehun endhemigothehves neyngunu. Saajidhdh hairaanvi vaahaka suruheega jehinama rangalhuvees. Kos nugovaa