މ . ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ކިޔާާ މާލެ ދަތުރު ކުރާ ބޯޓެއް ގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރި ވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ ދޯނީގައި ތިބީ 15 ފަޅުވެރިން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެއީ 5 ދިވެހިންނާއި އިންޑިޔާ ފަސް މީހުން އަދި ލަންކާ ފަސް މީހުން ކަމަށެވެ.
އަލިފާން ރޯވުމާއެކު ދޯނީގައި ތިބި މީހުން ކަނޑަށް ފުންމާލި ކަމަށާއި މިހާރު ނުފެނި ވަނީ އެއް ފަޅުވެރިއެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ގެއްލިގެން ހޯދަނީ އިންޑިޔާ ރައްޔިތެކެވެ.
"މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ 02:47 ގައި" އެމްއެންޑީއެފްއިން ބުންޏެވެ.