އަލިފާން ރޯވި ބޯޓު -- ފޮޓޯ/ އެމްއެންޑީއެފް
އަލިފާން ރޯވި ބޯޓު -- ފޮޓޯ/ އެމްއެންޑީއެފް

އަލިފާން ރޯވި ބޯޓު އަޑިއަށް ގޮސްފި

ދޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި ބޯޓުގައި ވަރަށް ބޮޑަށް ރޯވެ، އެ ބޯޓު އަޑިއަށް ގޮސްފިއެވެ.

މ . ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ކިޔާާ މާލެ ދަތުރު ކުރާ ބޯޓެއް ގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ ދޯނީގައި ތިބީ 15 ފަޅުވެރިން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެއީ 5 ދިވެހިންނާއި އިންޑިޔާ ފަސް މީހުން އަދި ލަންކާ ފަސް މީހުން ކަމަށެވެ.

އަލިފާން ރޯވުމާއެކު ދޯނީގައި ތިބި މީހުން ކަނޑަށް ފުންމާލި ކަމަށާއި މިހާރު ނުފެނި ވަނީ އެއް ފަޅުވެރިއެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ގެއްލިގެން ހޯދަނީ އިންޑިޔާ ރައްޔިތެކެވެ.

"މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ 02:47 ގައި" އެމްއެންޑީއެފްއިން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެ، ލިބުނު ގެއްލުމުގެ ސަބަބުން، މިއަދު ހެނދުނު8:20 ހާއިރު އެ ބޯޓު އަޑިއަށް ގޮސްފައި ވާކަމަށެވެ.

ބޯޓުން ސަލާމަތް ކުރި14 މީހުން ވަނީ މ.މުލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ގެއްލިފައިވާ މީހާ ހޯދުމަށް ކަނޑާއި ވައިގެ މަގުން ބަލަމުން ދާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ،

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!