fish-store-eating-too-much-696x464

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ މަދުން ކަނޑުމަސް ކަނީ ބަލްގޭރިއާގައި

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ މަދުން ކަނޑުމަސް ކަނީ ބަލްގޭރިއާގައި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހިސާބުތައް ދައްކާގޮތުން އާއްމުގޮތެއްގައި އަހަރެއްގެ މައްޗަށް ބަލްގޭރިއާގެ ރައްޔިތުން ކަނީ ހަތް ކިލޯގެ މަހެވެ. މިކަންތައް ހާމަވެފައިމި ވަނީ އެސޯސިއޭޝަން "ފޮރ އެފޯޑަބަލް އެންޑު ކޮލިޓީ ފުޑް" އަދި އެސޯސިއޭޝަން އޮފް ފިޝަރީ ޕްރޮޑަކްޓްސް ޕްރޮޑިއުސަރސްއިން ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގައެވެ.

ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތްތާގައި ތާޒާ މަހަށް އޮންނަ ޑިމާންޑު ބަލްގޭރިއާގައި އިތުރުވާނެއެވެ. ފޮރ އެފޯޑަބަލް އެންޑު ކޮލިޓީ ފުޑްގެ ޗެއާމަން އެންދުރޭ ވެލްޗެވް ބުނިގޮތުގައި ތަކެތީގެ އަގުތައް ބަލްގޭރިއާގައި އުފުލިފައިވީ ނަމަވެސް ކަނޑުމަހުގެ އަގަށް މާކަބޮޑު ބަދަލެއް ނާދެއެވެ.

ބަލްގޭރިއަން ފުޑް ސޭފްޓީ އެޖެންސީގެ ޑެޕިއިޓީ އެކްޒެކެޓިވް ޑިރެކްޓަރ ޑރ. ގަލްޔާ ވިކިއޯވާ ބުނިގޮތުގައި މަހުގެ ކޮލިޓީ ހިފެހެއްޓުމަށް އެގައުމުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މަސް އާލާ ކުރުމާއި، ރައްކާކުރުމާއި އަދި ޕްރޮސެސްކުރުމުގެ މަރުހަލާތައް ރަނގަޅަށް ޗެކްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!