އެއްދަތުރުން އެންމެ ގިނައިން ކަންނެލި ބޭނުމުގެ ރިކޯޑް ފ.ފީއަލީ "ބަންދަރީ" ދޯނިން މުގުރާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނި މިހާރު އަންނަނީ އެންސިސްއަށް ކަންނެލި ކިރުމަށް ހުޅުމާލެއަށް ދަތުރުކުރަމުންނެވެ. އެދޯނީގެ ކެޔޮޅު އަލީ ރަޝީދު ބުނީ މިދަތުރުގައި އެ ދޯނީގައި ހުރި ކަންނެލި 14 ޓަނަށްވުރެ ބަރުވާނެ ކަމަށެވެ. މިއީ އެއްދަތުރުން އެދޯންޏަށް އެންމެ ގިނައިން ބޮޑު ކަންނެލި ބޭނުނު ދަތުރެވެ. މިއަދަދަށް ކަންނެލި ކިރިއްޖެނަމަ މި ދޯނި ވާނީ އެންސިސްގެ ތާރީހުގައިވެސް މިހާތަށް އެެއްދަތުރުން އެންމެ ގިނައިން ބޮޑު ކަންނެލި ކިރުވި ދޯންޏަށެވެ.
އެދޯނި ކަންނެލި ބޭނީ މަލިކާ ދިމާލުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ އުތުރުން ކަމަށް މައުލުމާތުލިބެއެވެ. މިރޭ ފަތިހުގެ ވަގުތެއްގައި މިދޯންޏަށް ހުޅުމާލެއަށް ވަދެވޭނެކަމަށް ކެޔޮޅު ބުންޏެވެ.
އެއްދަތުރުން އެންސިސްއަށް އެންމެ ގިނަ ކަންނެލި ކިރުވައިގެން މިހާތަނަށް ރިކޯޑް އޮތީ ހއ. އިހަވަންދޫ މާހޯރަ-3 ދޯނީގައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ދޯނިން 11 ޓަނު 865 ކިލޯގެ ބޮޑު ކަންނެލި އެންސިސްއަށް ކިިރުވާފައިވެއެވެ. އޭގެ ކުރިން މި ރިކޯޑް އޮތީ އއ ރަސްދޫ "ޒޫމް ފިޝަރ" ދޯނީގައެވެ. އެދޯނިން އެއް ދަތުރުން 11 ޓަނު 501 ކިލޯ ކިރުވިއެވެ.
ބޮޑުކަންނެލީގެ ރިކޯޑް ބަންދަރީ ދޯނިން މުގުރާލިއިރު ދޮށީގެ މަސްވެރިކަމުގެ ރިކޯޑް މިވަގުތު އޮތީ ގދ. މަޑަވެލީ ޓީއެސްލައިން ދޯނިގައެވެ.
One Response
15 baanaigen tuna 3 eba oi bandharuga