2030ގެ ކުރިން ކަނޑުތަކުގެ 30 ޕަސެންޓް ރައްކާތެރިކުރަން ގައުމުތަކުން އެއްބަސްވުމަކަށް އަހިސްފިއެވެ.
މި ތާރީހީ ނިންމުން ނިންމާފައި މިވަނީ ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރަން މަޝްވަރާ ކުރާތާ 10 އަހަރު ފަހުންނެވެ. "ހައި ސީޒް ޓްރީޓީ" އެއްބަސްވުމުގައި ބުނީ 2030 ވަނަ އަހަރުގެ ކުރިން ކަނޑުތަކުގެ 30 ޕަސެންޓު ރައްކާތެރި ކުރާނެ ކަމަށެވެ.
"ހައި ސީޒް" އަކީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެވެ.
އެ ސަރަހައްދުގައި ހުރިހާ ގައުމުތަކަށް މަސް ބޭނުމާއި ދަތުރު ކުރުން އަދި ދިރާސާ ކުރުމުގެ ހައްގު ލިބޭނެ އެވެ.
އެހެން ނަމަވެސް، ހަމައެކަނި 1.2 ޕަސެންޓް ހިމާޔަތް ކޮށްފައިވާ "ހައި ސީޒް"ގެ ހިމާޔަތް ނުކުރާ ސަރަހައްދު ތަކުގައި އުޅޭ ކަނޑުގެ ދިރުންތަކަށް ނުރައްކާ ބޮޑެވެ.
އެގޮތުން މާ ގިނައިން މަސް ބޭނުމުން ދިރުންތައް މަދުވުވެ ކަނޑުގައި ޓްރެފިކް ބޮޑުވުމުގެ އިތުރުން ތަގައްޔަރުވުމާއި، މޫސުމީ ބަދަލުގެ އަސަރުތައް ބޮޑަށް ކުރެއެވެ.
2030 ގެ ކުރިން ކަނޑުތަކުގެ 30 ޕަސެންޓް ރައްކާޔތެރިކުރަން ނިންމާފައި ވަނީ ހޮނިހިރު ދުވަހު އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި މައްސަލައިގައި އެއްބަސްވުމަކާ ހަމައަށް ނުދެވި އޮތީ ފައިސާއާ ގުޅޭ ކަންކަމާއި މަސް ބޭނުމުގެ ހައްގުތަކާ ގުޅޭގޮތުން ގައުމުތަކުގެ ހިޔާލު ތަފާތުވުމުންނެވެ.
ކަނޑުތައް ހިމާޔަތް ކުރުމާ ބެހޭ ބައިނަލްއަގްވާމީ އެއްބަސްވުމެއްގައި އެންމެ ފަހުން ސޮއިކުރީ 1982 ވަނަ އަހަރުއެވެ.