އިންޑިއާގައި10 ކިލޯގެ މާވަހަރަކާއި އެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގު ހުރި އެއްޗެކެވެ. އެހެން ނަމަވެސް އިންޑިއާގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ސަބަބަކީ ސްޕާމް ވޭލް އަކީ އެޤައުމުގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވުމެވެ. މާވަހަރެއް ފެނިއްޖެ ނަމަ ކަމާއިގުޅޭ ފަރާތްތަކަށް އެކަން ރިޕޯޓުކޮށް، މާވަހަރު އެފަރާތްތަކާއި ހަވާލުކުރަން ޖެހެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ވޭނާޑުގައި10 ކިލޯގެ މާވަހަރެއް ވިއްކާލުމަށް މަސައްކަތްކުރަމުންދިޔަ 2 މީހެއް ހައްޔަރުކޮށްފައިވަނީ ފޮރެސްޓް ޑިޕާޓްމަންޓަށް އާއްމު ފަރާތަކުން ލިބުނު ރިޕޯޓަކާއި ގުޅިގެންނެވެ.
މި މާވަހަރު ވޭނާޑަށް ގެނެސްފައިވަނީ އިންޑިއާގެ ކަރުނާޓަކާގެ ކަންނޫރު ހިސާބުންނެވެ. އިންޑިއާގައި މާވަހަރުގެ ވިޔަފާރިކުރުން މަނާކޮށްފައިވީ ނަމަވެސް ކަޅު ބާޒާރުގައި އޭގެ ވިޔަފާރިކުރެއެވެ. އަދި މަދުން ނަމަވެސް އޭގެ ވިޔަފާރިކުރާ ފަރާތްތައް ވަނީ އަތުލައިގަނެވިފައެވެ.
މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ. އަދި މިއީ މޫދުން ފެންނަ ރަނުގެ ގޮތުގައިވެސްް ގިނަ ބަޔަކު ދެކެއެވެ.