ހުޅުލޭގެ އިރު އުތުރުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރު ނަގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންގައިފިއެވެ.
އެކުންފުނިން ކުރި އިއުލާނެއްގައި ބުނީ، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުޅުުލޭ އިރުއުތުރު ފަޅީގައިވާ ކަނޑު އުޅަނދުތައް ނަގަން އެދޭ ކަމަށެވެ.
އެއީ ހުޅުމާލޭ ފަޅާއި ހުޅުލޭ ފަޅު ވަކިކުރުމަށް ހަރުކޮށްފައި އޮންނަ އޮރެންޖު ބޮއި ސަރަހައްދުގައި ޕައިލިން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ މަސައްކަތް ކުރިއަށް ދާއިރު އުޅަނދުތައް އަޅަންޖެހޭނީ މަދުވެގެން 20 މީޓަރު ދުރުގައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މީގެއިތުރުން އެމްއޭސީއެލްއިން ބުނީ މަސައްކަތް ކުރާ ސަރަހައްދުން އުޅަނދުތައް ނުނަގާ ނަމަ ހުކުރު ދުވަހުން ފެށިގެން ފުލުހުން އެ އުޅަނދުތައް ނަގާނެ ކަމަށެވެ. އަަދި އެ ސަރަހައްދަށް ވަންނަ އެއްވެސް ކަނޑު އުޅަނދަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވެވޭނެ ކަަމަށެވެ.