maa-hulhunbu-landaa

ލަނޑާ ހިމާޔަތް ކުރެވިފައި ވަނީ ފަރުތަކުގެ ދިރުމާއި ވިލުންވެރިކަން ދެމެހެއްޓުމަށް: މިނިސްޓްރީ

ލަނޑާ ހިމާޔަތް ކުރެވިފައި ވަނީ ފަރުތަކުގެ ދިރުމާއި ވިލުންވެރިކަން ދެމެހެއްޓުމަށް ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓެ، ކްލައިމެޓް ޗޭންޖް އެނޑް ޓެކްނޮލޮޖީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުން ފަރުގެ ގާތައްހުދުވެ އެގާތައް މަރުވުމުން ގަލުގައި ފެހިޖަހާ ކަމަށެވެ. އަދި ފެހިޖެހުމުން ފަރު އަލުން ދިރިއާލާވުމުގެ ބާރު ދެރަވާ ކަމަށެވެ.

އެހެންކަމުން ގަލުގައި ޖަހާ ފެހިކަހާ ފެހިކައި އުޅޭމަސްމަހާމެހި ހިމާޔަތް ކުރަންޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިވެހިރާއްޖޭގައި ފަރުގައި ޖަހާ ފެހި ކައި އުޅޭ ޕެރޮޓް ފިޝް ނުވަތަ ލަނޑާގެ ހުރިހާ ބާވަތްތައް ހިމާޔަތް ކުރެވިފައިވަނީ ފަރުތަކުގެ ދިރުމާއި ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށް މިނިސްޓްރީން ފާހަގަ ކުރިއެވެ.
ލަނޑާ -- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓަރީ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކުގެ ލިސްޓަށް ލަނޑާ އިތުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަހު މަހުގެ ތެރޭގައެވެ.

ފިޝަރީޒް މިނިސްޓްރީން އާއްމުކުރި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު ގެ ދަށުން ލަނޑާގެ ހުރިހާ ބާވަތެއް ހިމާޔަތްކުރެވުނީ ރާއްޖޭގެ ފަރުތަކުގެ ސަލާމަތްތެރިކަމަށްޓަކައި ލަނޑާގެ ދުޅަހެޔޮ އާބާދީއެއްގެ މުހިއްމުކަން އޮތުމުންނެ އެވެ.

ލަނޑައެއްގެ ދުވަހުގެ 90 ޕަސަންޓު ވަގުތު ހޭދަކުރަނީ ފެހި ކެހުމުގައެވެ. ފަރުތަކުގައި މުރަކައިގެ ދިރުން ފެށުމަށް ބޭނުންވާ ޖާގަ ލިބެނީ ގާތަކުގައި ޖަހާފައިވާ ފެހި، ލަނޑާ ކައި ސާފުކުރުމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!