ހިލްސާގެ މަސްވެރިކަންކޮށްގެން ބަންގްލަދޭޝްގައި29 މަސްވެރިން ހައްޔަރުކޮށްފިއެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ އެޤައުމުގައި ދެ މަސްދުވަސް ވަންދެން ހިލްސާގެ މަސްވެރިކަން ކުރުން މަނާކޮށްފައި ވާތީއެވެ. އެ ގައުމުގައި އެންމެ ގިނަ އަދަދަކަށް ބާނާ ހިލްސާ މަސް ހިފުން މަނާކޮށްފައި ވަނީ އޭގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރުމަށެވެ.
އެމީހުން ހައްޔަރުކޮށްފައިވާއިރު، 28،56900 މީޓަރުގެ ދާގަނޑަކާއި، ކުދި ފަސް މަސް ދޯނި އަދި 188 ކިލޯގެ ހިލްސާ މަސްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އަށް މީހަކަށް ވަނީ އެއް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި 10 މީހަކަށްވަނީ އިންޒާރު ދިނުމަށްފަހު ދޫކޮށްލާފައެވެ. އަދި 18 އަހަރު ނުފުރޭ ތިން ކުއްޖެއް ވަނީ އާއިލާއާއި ހަވާލުކޮށްފައެވެ.
ހިލްސާ މަސް ހިފުން މަނާކުރުމާއެކު ފުލުހުން ދަނީ ކޯރުތައް ޕެޓްރޯލް ކުރަމުންނެވެ.
ހިލްސާ މަސް ހިފުން މަނާކޮށްފައި އޮތް ދުވަސްތަކުގައި މަސްވެރިންނަށް ވާނެ ގެއްލުން ކުޑަކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ހިލްސާގެ މަސްވެރިކަން ކުރާ މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ.