blue-whale-shutterstock

ބްލޫވޭލްއަކަށް ނޭގި ކޮންމެ ދުވަހަކު 10 މިލިއަން ކުދި ޕްލާސްޓިކް ކޮޅު ކެވޭ ކަމަށް ދިރާސާއަކުން ދައްކައިފި

ބްލޫވޭލްއަކަށް ނޭގި ކޮންމެ ދުވަހަކު 10 މިލިއަން ކުދި ޕްލާސްޓިކް ކޮޅު ކެވޭ ކަމަށް ދިރާސާއަކުން ދައްކައފިއެވެ.

ނޭޗަރ ކޮމިއުނިކޭޝަންއިން ނެރެފައިވާ ދިރާސާ ރިޕޯޓެއްގައި ވާގޮތުން އާއްމުކޮށް ބޮޑުމަސްތަކަށް ކެވެނީ0.001 މިލިމީޓަރާއި5 މިލިމީޓަރާއި ދެމެދުގެ ސައިޒުގެ މައިކްރޯ ޕްލާސްޓިކެވެ.

އަދި މިގޮތަށް މަސްތަކަށް ކެވޭ ޕްލާސްޓިކްތައް އިންސާނުންގެ ހަށިގަނޑުންވެސްދަނީ ފެންނަމުންނެވެ. ސަބަބަކީ އެފަދަ މަސްތައް އިންސާނުންގެ ކެއުމުގައި ބޭނުން ކުރާތީއެވެ.

ހޮޕްކިކް މެރިން ސްޓޭޝަންގެ ސައިންވެރިންގެ ޓީމަކުން ކުރިއަށް ގެންދިޔަ ދިރާސާގައި ވަނީ ބްލޫ، ފިން، އަދި ހަމްޕްބެކް ވޭލް ހިމެނޭހެން191 ބޮޑުމަހުގައި ޓެގް ހަރުކޮށް އޭގެ އުޅުން ދެނެގަތުމަށް މަސައްކަތް ކޮށްފައެވެ.

އަދި މިގޮތަށް ބެލި ބެލުމުގައި ބޮޑުމަސްތަކަށް ޕްލާސްޓިކް ކެވޭ ވަރުވެސް ވަނީ ބަލާފައެވެ.

ސައިންވެރިންނަށް ހޯދުނު ގޮތުގައި ބޮޑުމަސްތައް އާއްމުކޮށް ކައި ހަދަނީ ކަނޑުގެ50 އާއި250 މީޓަރާއި ދެމެދުގެ ފުންމިނެއްގައެވެ. މިއީ ކުދި ކުދި ޕްލާސްޓިކް އެންމެ ގިނަ ހިސާބެވެ.

އިންސާނުން ކަނޑަށް އުކާ ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭކަމަކީ އެންމެންނަށް އެނގޭ ކަމެކެވެ. އެހެންނަމަވެސް މިކަމާއި މެދު އާއްމުންގެ މެދުގައި ފަރުވާކުޑަވުމުގެ ސަބަބުން އިއާދަ ނުކުރެވޭނެ ބޮޑުތި ގެއްލުންތަކެއް ދަނީ ތިމާވެއްޓަށް ލިބެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!