Concord

އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑާއެކު ކޮންކޯޑަށް މިލިއަން ރުފިޔާ!

ދިވެހި ރާއްޖޭގައި، ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު، ސ. މަރަދޫ "ކޮންކޯޑް-2"އިން ގާއިމު ކޮށްފިއެވެ.

ކޮންކޯޑު-2 ދޯނިން ވަނީ އެއް ދުވަހުން 62 ޓަނު މަސް ބާނައި، އެއް މިލިއަން ދެހާސް ނުވަދިހަ ތިން ރުފިޔާ ހޯދާފައެވެ.

އެ ދޯނިން 62 ޓަނު މަސް ބާނައި، މިފްކޯއަށް ކިރާފައި ވަނީ އިއްޔެއެވެ. އަދި އޭގެ ކުރީދުވަހު އެ ދޯނިން މަސްބާނައި، މިފްކޯއަށް މަސްކިރައި ފަންސާސް ފަސް ހާސްފައްސަތޭހަ ހަތްދިހަ ހަ ރުފިޔިޔާ ހޯދާފައެވެ.

އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު މީގެ ކުރިން އޮތީ ގދ. މަޑަވެލީ ޓީއެސް ލައިން ދޯނީގައެވެ. އެ ދޯނިން މި ރެކޯޑު ގާއިމު ކުރީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ.

އެ ދޯނިން ވަނީ 57 ޓަނު މަސް ކޫއްޑުއަށް ކިރުވާފައެވެ. އެ މަހުގެ ޖުމްލަ އަގު ނުވަ ލައްކަ ރުފިޔާއަށް އެރިއެވެ.
"މިދޯނިން ކިރުވި މަަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވަން. މިއީ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް ނިމިދިޔަ އަހަރު މަސްކިރުވި ދޯނިވެސްމެ. އެއީ 1095.805 ޓަނުގެ މަސް" މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ އޭރު ވިދާޅުވިއެވެ.
މިވަގުތު ކޫއްޑޫއިން ކަނޑުމަސް ގަންނަމުން ދަނީ، ކިލޯއެއް 17 ރުފިޔާގެ ރޭޓުންނެވެ.
އެއްދުވަހުން އެންމެ ގިނަ ކަނޑުމަސް ބޭނި ރެކޯޑް ކޮންކޯޑް-2 ދޯނިން ގާއިމު ކޮށްފައި ވާއިރު، އެއް ދަތުރުން އެންމެ ގިނަ ކަންނެލި ބޭނި ދޯނީގެ ރެކޯޑު މިވަގުތު އޮތީ އދ. މަހިބަދޫ ޓޫނާ-3 ދޯނީގައެވެ. އެ ދޯނިން މި ރެކޯޑު ގާއިމު ކުރީ އިއްޔެއެވެ. އެ ދޯނިން ވަނީ16 ޓަނު ހަތަރު ކިލޯ ކަންނެލި ކިރުވާފައެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response