ފުނަދޫ އަންހެނުންގެ މަސްރޭހުގެ އެއްވަނަ ޓީމް -- ފޮޓޯ/ ފުނަދޫ އަންހެނުންގެ ކޮމިޓީ
ފުނަދޫ އަންހެނުންގެ މަސްރޭހުގެ އެއްވަނަ ޓީމް -- ފޮޓޯ/ ފުނަދޫ އަންހެނުންގެ ކޮމިޓީ

ފުނަދޫ އަންހެނުންގެ މަސްރޭހުން އެއްވަނައަށް "ކެޔޮޅު ރޮއްވި"

މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ އަންހެނުންގެ މަސްރޭހުގެ އެއްވަނަ "ކެޔޮޅު ރޮއްވި" ޓީމުން ހާސިލު ކޮށްފިއެވެ.

އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ މިކޮމެޓީން އިސްނަގައިގެން، ކައުންސިލާ ގުޅިގެން، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ގިނަ ހަރަކާތްތަކުގެ ތެރެއިން "މަސް ރޭސް"ވެސް ކާމިޔާބު ކަމާއެކު ނިންމާލާފައި ވާއިރު، އެއްވަނަ ޓީމް 'ކެޔޮޅު ރޮއްވި'އަށް ވަނީ އިނާމަަކަށް 3000 ރުފިޔާ ހަވާލު ކޮށްފައެވެ.
މި މުބާރާތުގެ ދެވަނައަށް ދިޔައީ ޓީމް "ރަންދިޔަ"އެވެ. އަދި ތިންވަނަ ހާސިލު ކުރީ "އެފްސީއެސްސީ" އެވެ.
މި މުބާރާތުގައި ބައިވެރިވި، އެންމެ އުމުރުން ދުވަސްވީ ބައިވެރިޔާއަކީ ޙަދީޖާ ހަސަންއެވެ. އަދި އެންމެ ބަރުމަސް ބާނާފައި ވަނީ ތިއުމާ މުހައްމަދެވެ.
ފުނަދޫގެ އިތުރުން، ބައެއް އެހެން ރަށްރަށުގައިވެސް އަންހެނުންގެ ދުވަހާ ގުޅިގެން، އަންހެނުންނަށް ހާއްސަކޮށް މަސްރޭސް ބާއްވާފައި ވެއެވެ.
ފުނަދޫ އަންހެނުންގެ މަސްރޭހުގެ ޓީމެއް -- ފޮޓޯ/ ފުނަދޫ އަންހެނުންގެ ކޮމިޓީ

ކެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމު ކޮށްގެން، އަންހެނުންގެ ދުވަހާ ގުޅިގެން ވަނީ މަސްރޭހެއް ބާއްވާފައެވެ.

'ކަނބަލުންގެ މަސްރޭސް' ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފައި ވަނީ އިއްޔެއެވެ.

އެ މުބާރާތުގެ އެއްވަނަ އަށްް2500 ރުފިޔާ ދިން އިރު، ދެވަނަ އަށް1500 އަދި ތިންވަނައަށް300 ރުފިޔާ ދީފައިވެއެވެ.

ޖުމްލަ 14000 ރުފިޔާގެ އިނާމާއެކު ކުޅުދުއްފުށީ އަންހެނުންނަށް މަސްރޭހެއްވެސް ބާއްވާފައިވެއެވެ.

"ކަނބަލުންގެ މަސްރޭސް2023" ގެ ނަމުގައި ބޭއްވި އެ ހަރަކާތަކީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

އެ މުބާރާތުގައި އެއްވަނައަށް ދިޔަ ޓީމަށް5000 ރުފިޔާ ދިން އިރު، ދެވަނައަށް ދިޔަ ޓީމަށް3000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ޓީމަކަށް2000 ރުފިޔާ ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!