މަސްވެރިކަމާއި ގުޅޭ

sjaslk

އޮސްޓްރޭލިއާގެ ބީޗެއްގައި މޫދަށް އެރި އުޅުނު ބަޔަކަށް މިޔަރެއް ހަމަލާދޭން އުޅޭ ވީޑިއޯއެއް އާއްމުވެއްޖެ

އޮސްޓްރޭލިއާގެ ބީޗެއްގައި މޫދަށް އެރި އުޅުނު ބަޔަކަށް މިޔަރެއް ހަމަލާދޭން އުޅޭ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ބީޗެއްގައި ހިނގި މި ހާދިސާ ވަނީ ޑްރޯން މެދުވެރުކޮށް ރެކޯޑުކުރެވިފައެވެ. ސްޕިއަރ ފިޝިންގއަށް މޫދަށް އެރި އުޅުނު ތިން މީހަކަށް ހަމަލާ ދިނުމަށް މިޔަރު އެމީހުން ވަށައިގެން ބުރު ޖަހާތަން ވީޑިއޯއިން ފެނެއެވެ.

މިޔަރު އެހިސާބަށް ދިއުމާ އެކު ލައިފް ގާޑުންވަނީ އެލާމް އަޅާފައެވެ. އަދި މޫދުގައި ތިބި މީހުންތައް އެއްގަމަށް ދިއުމަށް އަވަސްވެގަންނަތަން ވީޑިއޯއިން ފެނެއެވެ.

އެމިލީ ހައުމަން ނަމަކަށް ކިޔާ މީހެއް ނަގާފައިވާ ޑްރޯން ވީޑިއޯއިން ފެންނަ ގޮތުގައި އެލާމްގެ އަޑު އިވުނު ނަމަވެސް އެމީހުން ވަށައިގެން ގާތައް ހުރުމުން އެއްގަމަށް ދިއުމަށް ދަތިވިއެވެ.

އެހެން ނަމަވެސް އެމީހުންވަނީ އޭގެ ކައިރިން ސަމާލަތްވެ އެއްގަމަށް ގޮސްފައެވެ. އެމީހުން މިޔަރުގެ ކިބައިން ސަލާމަތްވީ ހަމަ ކިރިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!