މަސްވެރިކަމާއި ގުޅޭ

shajdas

ނިގޫ ނެތް ބޮޑު މަހެއްގެ ވީޑިއޯ އާއްމުވެއްޖެ

ނިގޫ ނެތް ބޮޑު މަހެއްގެ ވީޑިއޯ އާއްމުވެއްޖެއެވެ. މި ބޮޑުމަސް ފެނިފައިވަނީ އެމެރިކާގެ ކަނޑުގެ ސަރަހައްދުން ޗާޓާ ބޯޓަކަށެވެ. އެބޮޑުމަސް ބޯޓުގައި ތިބި މީހުންގެ ސަމާލުކަމަށް އައީ އޭތި މޫދުގައި އުޅޭ އުޅުމުގައި ތަފާތުކަމެއް ފާހަގަ ކުރެވިގެނެވެ. އެގޮތުން އޭތީގެ ގާތަށްގޮސް ބެލި އިރު، އޭގެ ނިގޫ ނެތްކަން އެނގުނެވެ.

އެ ބޯޓުގެ މީހުންވަނީ މި ބޮޑުމަހުގެ ވީޑިއޯތައް ނަގާފައެވެ. އަދި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއީ މިފަދަ ބޮޑުމަހެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން 2015، 2016 އަދި 2018ވަނަ އަހަރު މިފަދަ ބޮޑުމަހެއް ފެނިގެން ވަނީ ރިޕޯޓު ކޮށްފައެވެ.

މިފަހަރު ފެނުނު ބޮޑުމަހާއި ގުޅޭގޮތުން ވާހަކަދައްކަމުން ބޯޓުގެ ވެރިޔާ ރަޔަން ލޯލާ ބުނީ އޭތި މޫދުގައި އުޅުން އިރު ހާސްވެގެން ނޫނީ އުދަގުލެއް ވެގެން އުޅޭކަން ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

އޭތި ފަތާފައި އުޅުނީ އެއްގަމާއި ކައިރި ހިސާބެއްގައެވެ. އެހެންނަމަވެސް މިއީ އާއްމު ކަމެކެވެ. އެގޮތަށް އުޅުމުގައި ހިކި ދިޔައިގައި ގައިގައި ވެލި އުނގުޅައި ހަދައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!