viber_image_2023-03-15_09-52-01-338

މިފްކޯއިން އަލަށް ގަތް "ޖަޒީރާ-103"ގައި 420 ޓަނުގެ މަސް ރައްކާކުރޭ ނިޒާމު ހިމެނޭ!

މިފްކޯއިން އަލަށް ގަތް "ޖަޒީރާ-103"ގައި 420 ޓަނުގެ މަސް ރައްކާކުރޭ ނިޒާމު ހިމެނޭ ކަމަށް މިފްކޯއިން ބުނެފިއެވެ.

‏ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް، މިފްކޯ އިން އަލަށް ގަނެފައިވާ ޖަޒީރާ 103 އިން ގެނެސްދޭނެ ކަމަށް މިފްކޯއިން ބުންޏެވެ. އެގޮތުން ޖަޒީރާ 103 ގައި 120 މެޓްރިކް ޓަނުގެ ފިނި ކުރުމުގެ ނިޒާމާއި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރުމުގެ ނިޒާމު އެކުލެވިގެންވާ ކަަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

ނަމަވެސް މި ބޯޓުން މަސް ކިރަން ފަށާނެ ތާރީހެއް މިފްކޯއިން އަދި ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ބާނާ މަސް ގަތުމުގެ ކެޕޭސިޓީމިހާރަށްވުރެ އިތުރުކުރުމަށްޓަކައި މިފްކޯއިން މަސްކިރާ އިތުރު ތިން ބޯޓު ގަނެފައި ވަނީ މިިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ.

މަސް ގަތުމަށް މިވަގުތު މިފްކޯގައި އޮންނަ ދެ ބޯއްޓަކީ ޖަޒީރާ 102 ބޯޓާއި މަހާ ކަލަމިންޖާއެވެ. 100 ޓަނުގެ މަސް ރައްކާކުރެވޭ، ޖަޒީރާ 102 ރާއްޖެ ގެނައީ 2021 ވަނަ އަހަރުއެވެ.

މިފްކޯގެ އަމިއްލަ ބޯޓުގައި މަސް ބޭރުކުރަން ފެށުމުން މަހަށް ހަމަ އަގު ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!