މަސްވެރިކަމާއި ގުޅޭ

ނަބީހު ދޯންޏެއްގައި މަހިބަދޫ ފަޅުތެރޭގައި
ނަބީހު ދޯންޏެއްގައި މަހިބަދޫ ފަޅުތެރޭގައި

އިރުވައި މޫސުމުގެ އަށްވަނަ ނަކަތް: ފަސްބަދުރުވަ

އިރުވައި މޫސުމުގެ އަށްވަނަ ނަކަތް ކަމުގައިވާ "ފަސްބަދުރުވަ" ނަކަތަކީ މި ހިނގާ މާޗރް މަހުގެ12 ވަނަ ދުވަހުން ފެށިގެން މި މަހުގެ25 ވަނަ ދުވަހަށެވެ.

މި ނަކަތުގައި އުޑުމަތި ސާފުވާނެއެވެ.

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 7 ނޯޓިކަލް މޭލުގައެވެ. އަދި މި ނަކަތުގައިި ގުގުރާ ވިދުންވެސް އެކަށީގެންވެއެވެ.

މި ނަކަތުގައި މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ.

އިރުވައި މޫސުމުގެ ފުރަތަމަ ނަކަތަކީ 'މުލަ' ނަކަތެވެ. އަދި ދެވަނަ ނަކަތަކީ 'ފުރަހަޅަ' ނަކަތެވެ. އޭގެ ފަހުގައި އައީ 'އުތުރުހަޅަ'އެވެ. އެއަށްފަހު 'ހުވަން'، 'ދިނަޝަ'، 'ހިޔަވިހާ'، 'ފުރަބަދުރުވަ'އެވެ.

އިރުވައި މޫސުން ނިމޭނީ ކުރިއަށް އޮތް 'ރޭވަ' ނަކަތުންނެވެ. އެހެންކަމުން އިރުވައި މޫސުން ނިމޭނީ އޭޕްރީލް މަހުގައެވެ. ޖުމުލަ ނުވަ ނަކަތް ހިމެނޭ އިރުވައި މޫސުމުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!