މަސްވެރިކަމާއި ގުޅޭ

dsds

ލަންޑަންގެ ކޯރެއް ސާފުކުރުމަށް ބޭނުންކުރަނީ ޕްލާސްޓިކް ކާ ރޮބަޓް ޝާކެއް!

އިނގިރޭސިވިލާތުގައި ކޯރެއް ސާފުކުރުމަށް ރޮބަޓެއް ބޭނުންކުރަން ފަށައިފިއެވެ. އިނގިރޭސިވިލާތުގެ ރިވާ ތޭމްސް ސާފުކުރުމަށް ބޭނުންކުރަނީ 'ވޭސްޓުޝާކު' ނަމަކަށް ކިޔާ ރޮބޮޓެކެވެ.

މިއީ އިނގިރޭސިވިލާތުގެ ލަންޑަންގައި މިފަދަ ޓެކްނޮލޮޖީއެއް ބޭނުންކުރާ ފުރަތަމަ ފަހަރެވެ. މި ރޮބޮޓު ޝާކަށް ދުވާލެއްގެ މައްޗަށް 22700 ޕްލާސްޓިކް ފުޅި ކާލެވޭނެއެވެ.

އަދި އިތުރަށް ޗާޖު ކުރުމަކާއި ނުލާ 5 ކިލޯ މީޓަރުގެ ސަރަޙައްދެއް ސާފުކުރުމުގެ  ޤާބިލްކަން މި ރޮބޮޓު ޝާކުގައި ހުރެއެވެ.

މިފަދަ އިޖާދީ އުފެއްދުމެއްގެ ބޭނުން ކުރަން ފަށާފައި މިވަނީ ދުނިޔެއަށްވެސް ޕްލާސްޓިކްގެ ސަބަބުން ވަމުންދާ ގެއްލުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2000ވަނަ އަހަރާއި އަޅާ ބަލާއިރު މިހާރު ޕްލާސްޓިކުން އުފެދޭ ކުނީގެ އަދަދުވަނީ 2 ގުނައަށް އިތުރުވެފައެވެ. އަދި މީގެތެރެއިން ދެވަނަ ފަހަރަށް ބޭނުން ކުރަނީ އެންމެ 9 އިންސައްތަ ޕްލާސްޓިކެވެ.

 

ރޮބޮޓު ޝާކު އުފައްދާފައިވާ އަކުއާ ލިބްރާ ކުންފުނިން ދެކޭގޮތުގައި މި އުފެއްދުމުގެ ސަބަބުުން ޕްލާސްޓިކުން ކަނޑުތަކަށްވަމުންދާ ގެއްލުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އަދި ޕްލާސްޓިކް ކުނިތައް އެއްކުރުމުގެ އިތުރުން، ފެންގަނޑުގެ ކޮލިޓީ ވަޒަންކުރުންފަދަ މުހިއްމު މައުލޫމާތުތައްވެސް މި ރޮބޮޓު މެދުވެރުކޮށް ލިބިގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!