މަސްވެރިކަމާއި ގުޅޭ

ކިރިބަސްގެ ފިޝަރީޒް މިނިސްޓަރ 
 -- ރަސްމީދަތުރުފުޅެއްގައި
ކިރިބަސްގެ ފިޝަރީޒް މިނިސްޓަރ -- ރަސްމީދަތުރުފުޅެއްގައި

ކިރިބަސްގެ ފިޝަރީޒް މިނިސްޓަރ ރަސްމީދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ރިޕަބްލިކް އޮފް ކިރިބަސްގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިންރިސޯސް ޑިވޮލޮޕްމެންޓް އޮނަރަބަލް ރިބަނަޓާކެ ތިވަލު، ރަސްމީ ދަތުރު ފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިފާނަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މިނިސްޓަރ ރިބަނަޓާކެ ތިވަލު މިއަދު ވަނީ މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން އާއި ބައްދަލު ކުރައްވާ ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވާ ކިރިބަސްގައި ކަޅުބިލަމަހުގެ ދޮށީ މަސްވެރިކަން ގާއިމުކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަސްވެރިކަމުގެ ދާއިރާގެ ފަންނީ މުވައްޒަފުން ބައިވެރިވެ، ރާއްޖޭގެ މަސްވެރިކަން މެނޭޖުކުރާ ގޮތާއިބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ރިބަނަޓާކެ ތިވަލު ގެ ވަފުދުގައި، ކިރިބަސްގެ މަސްވެރިކަމާބެހޭ ދާއިރާތަކުގެ މަންދޫބުން ބައިވެރިވެއެވެ.

މިދަތުރުގައި ރާއްޖޭގެ ބައެއް މަސް ޕްރޮސެސިން ފެސިލިޓީތަކަށް ޒިޔާރަތް ކުރައްވާ ކަމާބެހޭ މައުލޫމާތު ހޯއްދެވުމާއި، ރާއްޖޭގައި މަސްވެރި އުޅނަދުފަހަރު ބަންނަގޮތާއި ކަމާބެހޭ މައުލޫމާތު ހޯއްދެވުމަށް ބައެއް ބޯޓުޔާޑްތައް ބަލާލުން އަދި ރާއްޖޭގައި ފާނަ އާލާކުރުމަށް ކުރަމުންދާ މެރިންރިސަރޗް މަސައްކަތްތަށް ބައްލަވާ ލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!