chris-fallows-whale-photography-9

ބޮޑު މަހެއްގައި ޖެހި ބޯޓެއް އަޑިއަށް ހިނގައްޖެ

ބޮޑު މަހެއްގައި ޖެހި ބޯޓު އަޑިއަށް ދިޔުމުން 4 މީހެއް ކަނޑުވެއްޖެއެވެ.

ރޮޑްރިގޭސް އޭނާގެ 3 ރައްޓެހިންނާއި އެކު 3 ހަފްތާގެ ކަނޑުދަތުރަކަށް ނިކުތީ ތަފާތު ތަޖުރިބާއެއް ކޮށްލުމަށެވެ.

އެމީހުން ދަތުރު ފެށީ ގެލަޕޭގޮސް އައިލެންޑްސް ކައިރިންނެވެ. އަދި އެމީހުންގެ މިސްރާބްހުރީ ފްރެންޗް ޕޮލިނީޝިއާއާއި ދިމާއަށެވެ. އެހެންނަމަވެސް ދަތުރަށް ގާތްގަނޑަށް 2 ހަފްތާވީތަނާ ދިމާވީ ހީވެސްނުކުރާ ފަދަ ހާދިސާއަކާއިއެވެ.

އެގޮތުން އެމީހުން  ދަތުރުކުރަމުން ދިޔަ 44 ފޫޓުގެ ބޯޓު ބޮޑު މެހެއްގައި ޖެހި 15 ވަރަކަށް މިނެޓުތެރޭ ބޯޓު އަޑިއަށް ދިޔައެވެ. އެމީހުން ސަލާމަތްވީ ލައިފްބޯޓުގެ އެހީގައެވެ. އަދި ލިބުނު ވަގުތުގެ ބޭނުން ހިފައި ފެނާއި، ކާބޯޓަކެތިވެސް އެއްކޮށްލެވުނެވެ.

އަދި ބޯޓުގައި އޮތް ވައިފައި ޑިވައިސްއެއްގެ އެހީގައި އެއްގަމުގައި ހުރި ރައްޓެއްސަކަށް ވެގެން އުޅޭ ގޮތް އަންގާ އެ ސަރަހައްދުން ދަތުރުކުރާ މީހުންނަށް އެމީހުން ބެހިގެންދާކަމުގެ މައުލޫމާތުތައް ދިނުމަށް އެދުނެވެ.

ކަނޑުމަތީގައި އެމީހުންވަނީ 10 ގަޑިއިރު ހޭދަކޮށްފައެވެ. އަދި އެމީހުން ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ބޯޓަކުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!