މަސްވެރިކަމާއި ގުޅޭ

ޤާނޫނު: ކެޔޮޅު ނުވަތަ މާސްޓަރ ކުރުން މަނާ ކަންތައްތައް

މަސްވެރިކަމުގެ އާންމު ގަވާއިދު ގެ 16 ވަނަ މާއްދާގެ (ހ)ގެ ދަށުން އަންނަނިވި ކަންކަން، އުޅަނދުގެ ކެޔޮޅު ނުވަތަ މާސްޓަރު، ކުރުމަކީ މަނާކެމެކެވެ.

(1) ގަވާއިދުގެ 14 ވަނަ މާއްދާގައި (ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން) ބަޔާންކޮށްފައިވާ ސެޓުފިކެޓު ނެތް މީހަކު އެންވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަމާއި ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނުވުން؛

(2) ގަވާއިދުގެ ވަނަމާއްދާގައި ބަޔާންކޮށްފައިވާ ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ މިންގަނޑާ ޚިލާފަށް އެންވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއްކުރުމަށް ފީނުވުން؛

(3) އެންވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަން ކުރުމަށް، ނުވަތަ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ކުރުމަށް ފީނާ މީހުންނަކީ ފީނުމުގެ އެފަދަ ހަރަކާތެއް ހިންގޭނެ ފަދަ ހާލަތެއްގައި ހުރި މީހެއްކަން ކަށަވަރުކުރުން

މި މާއްދާގެ (ހ) ގައި ބަޔާންކުރެވުނު (3) ނުކުތާގައި ބަޔާންކޮށްފައިވާ މަނާކަމެއް އުޅަނދުގެ ކެޔޮޅު ނުވަތަ މާސްޓަރު ކުރުމުގެ ސަބަބުން، ފީނާ މީހާއަށް އެއްވެސް ގެއްލުމެއް/ހާނިއްކައެއް ވެއްޖެނަމަ، އެއް މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ކޮށްދިނުމަށް އެދި މިނިސްޓްރީގެ ފަރާތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ފޮނުވަންވާނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!