ހއ އިހަވަންދޫ ނޯއާ ދޯނީގެ ވެރިފަރާތުން މަސްވެރިކަމަށް ޝައުގުވެރިކަން ހުރި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
މިދިޔަ އަހަރު ރޯދައަށް ފަހު މަސްވެރިކަމަށް ނޯއާ ދޯނި ނެރުނުއިރު އެންމެ ދަތި ވެގެންދިޔައީފަޅުވެރިން ހަމަ ކުރުމަށެވެ.މަސްވެރި
އިހަވަންދޫ ޕޭޖުން، ނޯއާ ދޯނީގެ ވެރިފަރާތާއި ހަވާލާދީ ބުނެފައިވަނީ މިއަހަރުގެ ރޯދައިގެ އަޅުކަމަށްފަހު ނޯއާ ދޯނި މަސްވެރި ކަމަށް ނުކުންނައިރު، ވޭތުވެ ދިޔަ އަހަރު ދިމާވެފައިވާ ހުރިހާ ދަތި އުނދަގޫ ކަންތައްތައް ވަރަށް ރަނގަޅަށް ދިރާސާ ކުރާނެ ކަމަށެވެ. އަދި އެ ކަންތަކުގެ ހައްލު ހޯދުމަކީ މިދާއިރާ ރަނގަޅު ހާލަތަކަށް ގެނައުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެެއްކަމަށް ބުނެފައިވެއެވެ.
އެގޮތުން މިއަހަރުގެ ރޯދަމަހަށްފަހު ނޯއާ ދޯނި މަހަށް ފުރާއިރު ނޯއާ ދޯނީގެ ވެރިފަރާތުގެ ހަރަދުގައި ޒުވާން ކެޔޮޅުންނާއި އިންޖީނިއަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމުގައި މަސްވެރި އުޅަނދެއް އޮޕަރޭޓް ކުރުމުގެ ލައިސަންސް ނަގާދެވޭނެއެވެ. އަދި މެރިން މެކޭނިކް ކަމުގެ ސެޓިފިކެޓްވެސް ބައިވެރިވާ ފަރާތްތަކަށް ލިބޭނެއެވެ.
ކޮންމެ ކަމެއް ކުރުމުގައިވެސް އުޞޫލުތަކެއް ގެންގުޅެން ޖެހޭނެ ކަމަށާއި، މިއީވެސް މަސްއޫލިއްޔަތު ބޮޑު ކަމެއް ކަމަށްވާތީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަށް ސްކްރީން ކުރުމަށް ނޯއާ ދޯނިން 3 މަހު މެދުނުކެނޑި މަސްވެރިކަމަށް ނުކުންނަށް ޖެހޭނެކަމަށްވަނީ ޝަރުތުކޮށްފައެވެ. އޭގެފަހުން އެމީހެއްގެ ޤާބިލްކަމަށް ބެލުމަށްފަހު މިފުރުޞަތު ދެވޭނެއެވެ. ސްކްރީން ކުރާނީ މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާ ކާރުންނެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ފޭސްބުކް މެދުވެރިކޮށް މުއާމަލާތް ކުރުމަށް ދޯނީގެ ވެރިފަރާތުން ވަނީ އެދިފައެވެ.
One Response
ފަޅުވެރިން ހޯދަން މޮޅު އުކުޅެއް.