މަސްވެރިކަމާއި ގުޅޭ

118155466_328447298521236_7052094875360581147_n

ފަތުރުވެރިކަން އިސްތިހާރު ކުރާ މިންވަރާ ގާތަށް ނަމަވެސް މަސްވެރިކަން އިސްތިހާރު ކުރެވިއްޖެނަމަ ލިބޭ ފައިދާ މާ ބޮޑުވާނެ: ފިޝަރީޒް މިނިސްޓްރީ

ފަތުރުވެރިކަން އިސްތިހާރު ކުރާ މިންވަރާ ގާތަށް ނަމަވެސް މަސްވެރިކަން އިސްތިހާރު ކުރެއްވިއްޖެނަމަ ލިބޭ ފައިދާ މާ ބޮޑުވާނެކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެރެނަލް އާދަމް ޒިޔާދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާ އެއްފެންވަރަށް މަސްވެރިކަން ގެންދަން ބޭނުންނަމަ  މަސްވެރިކަން އިސްތިހާރު ކުރަންޖެހޭކަމަށް ޒިޔާދު ވިދާޅުވިއެވެ.29

ޒިޔާދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި މަސްވެރިކަން އިސްތިހާރު ކުރެވިއްޖެނަމަ އިތުރު މާކެޓްތައް ލިބި މަހަށް ލިބޭ އަގު ރަނގަޅުވާނެކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ވައްޓަފާޅި ބޭރުގެ ޤައުމުތަކުގެ މާކެޓްތަކަށް ފޯރުކޮށްދެވޭނެ ގޮތް ހަދަންޖެހޭކަމަށާއި، އެކަން ކުރެވޭނީ އިސްތިހާރު ކޮށްގެންކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔޭގައި އިސްތިހާރު ކުރާ ގޮތް އަޅުގަނޑުމެންނަށް އެބަފެނޭ. ބޭރުގެ ބަސްތަކުގަޔާ، ޓީވީ ޗެނަލްތަކުގަޔާ ހަމަ އެތަން މިތާންގަ ބޮޑުކޮށް އިސްތިހާރު ކުރަމުންދޭ. ދިވެހިރާއްޖޭގެ މަސްވެރިކަމަކީވެސް ހަމަ އެހާ ޔުނީކު، ބޭރުގެ ފަރާތްތަކުގެ ސަމާލުކަން އޮތް ކަމެއް. ފަތުރުވެރިކަން އިސްތިހާރު ކުރާ މިންވަރާ ގާތްކުރާ މިންވަރަކަށް ވިޔަސް އަޅުގަނޑުމެންގެ މަސްވެރިކަން އިސްތިހާރު ކުރެވިއްޖެ ނަމަ މަހަށް ލިބޭ އަގުވެސް ރަނގަޅުވާނެ. އަދި އަޅުގަނޑުމެންނަށް އިތުރު މާރކެޓް ތަކަށް ވަނުމުގެ ފުރުސަތުވެސް ލިބޭނެ". އާދަމް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތާ ޚިލާފަށް މަސްވެރިކަމާ ދަނޑުވެރިކަމުގެ ނަފާއަކީ މައިގަނޑު ގޮތެއްގައި ސީދާ ދިވެހި އާއިލާތަކަށް އަންނަ ދެ ސިނާއަތްކަމަށެވެ

"ފަތުރުވެރިކަމުގެ ވަރަށް ބޮޑު އެއްޗެއް ދިވެހިރާއްޖެއިން ބޭރުވެގެންދަނީ. މަސްވެރިކަމުން ސީދާ އަޅުގަނޑުމެންގެ ދިވެހި އާއިލާތަކަށް ފައިސާ މި އަންނަނީ. ފަތުރުވެރިކަމުން އެފެންނަވަރުގެ ބޮޑު އާމްދަނީއެއް ނުފެނުނު ކަމުގައި ވިޔަސް ދިވެހިރާއްޖެއަށް އޭގެ މަންފާ މާބޮޑުވާނެ މަސްވެރިކަމުގެ ސިނާއަތުގައި". ޒިޔާދު ވިދާޅުވިއެވެ.

ރާއްޖޭގެ މުޅި އިޤްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އިރު، މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ގާތްގަނޑަކަށް މިވަނީ ހުއްޓިފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެއެވެ. މިހާލަތުގައިވެސް މަސްވެރިންގެ ހިއްވަރަކަށް ބަދަލެއް ނާދެއެވެ. މިއީ ހަމައަކަނި ފަތުރުވެރިކަމަށް ބަރޯސާވެފަ އޮތް އޮތުމުން ފިލާވަޅު ލިބިގަނެ އިތުރު ވިސްނުންތަކަށް ދާންވީ ވަގުތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!