ލ. ގަން މުކުރިމަގުން މަހާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށް 4 ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ގަމު ކައުންސިލުން ބުނީ ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވެ، ރަޖިސްޓްރީވެ، އަންދާސީ ހިސާބު ހުށައެޅުމަށް ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށައަޅަންވާނެ ކަމަށެވެ.
އެގޮތުން ބީލަމުގެ މައުލޫމާތުދިނުން ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަމަހުގެ 3 ވަނަ ދުވަހުއެވެ. އަދި ބީލަން ހުށަހެޅުން ހަމަޖެހިފައިވަނީ އަންނަމަހުގެ9 ވަނަ ދުވަހުއެވެ.
02 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށާއި، ރަޖިސްޓްރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެކަމަށްވެސް ގަމު ކައުންސިލުން ވިދާޅުވެއެވެ.