މަސްވެރިކަމާއި ގުޅޭ

ޤާނޫނު: ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި ދިވެހި އުޅަނދުފަހަރު ބޭނުންކުރުން

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ 34 ވަނަ މާއްދާ؛

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް ހިންގުމަށް އެއްވެސް ފަރާތަކުން ދިވެހި އުޅަނދެއް ބޭނުންކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ދޫކުރާ ސައްޙަ ލައިސަންސް ނުވަތަ ހުއްދައާއެކެ؛

(ށ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން؛

(ނ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން؛

(ރ) މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!